ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ރާއްޖެ - ފަލަސުރުހީ

ކޮމަންވެލްތުން ވަކިވުމުން ޒުވާނުންނަށް ލިބުނު ގިނަ ފުރުސަތުތަކެއް ގެއްލުނު: އަބްދުލްގަފޫރު

  • އަންހެނުންގެ ބާރުވެރިވެރިކުރުވުމަށް މަސައްކަތްކުރޭ
  • އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކުގައި އެހީތެރިވެދޭ
  • ކޮމަންވެލްތުން ފޯރުކޮށްދެނީ ހަމައެކަނި ފައިސާގެ އެހީތެރިކަމެއް ނޫން

އަމްނާ އިމާދު
amnabinthimad

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 13:11 2,704

ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު - ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ކޮމަންވެލްތުން ވަކިވުމުން ޒުވާނުންނަށް ލިބުނު ގިނަ ފުރުސަތުތަކެއް ގެއްލިގެން ދިޔަ ކަމަށް ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު ވިދާޅުވީ ކޮމަންވެލްތުން ރާއްޖެފަދަ ގައުމުތަކަށް ޚާއްސަ އަހައްމިއްޔަތު ކަމެއްދޭ ކަމަށާއި، ޚާއްސަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ޚާއްސަ އިސްކަމެއްދީ ޒުވާނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، އަންހެނުންގެ ބާރުވެރިވެރިކުރުވުމަށް މަސައްކަތްކުރާ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކޮށް، ތިމާވެށީގެ އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، ކުދި ގައުމުތަކަށް ދިމާވާ އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކުގައި އެހީތެރިވުމަށް ފަންނީ އެހީއާ އަދި މަލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އަބްދުލްގަފޫރު ވިދާޅުވިއެވެ. އަދި ޒުވާނުން ކުރިއެރުވުމަށް އެކި ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތަކުން ފުރުސަތު ކޮމަންވެލްތުން ހޯދައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމަންވެލްތްގެ ގައުމުތަކުން ފަހިކޮށްދޭ އެތައް ބައިވަރު ސްކޮލަރޝިޕްތައް ކޮމަންވެލްތްގެ މެމްބަރުންނަށް ވީތީ. ކޮމަންވެލްތް މެމްބަރުންނަށް ވީތީ އެހެންގައުމުތަކަށް އޮންނަ ގުޅުން ވެސް އިތުރަށް ވަރުގަދަވޭ. އަޅުގަނޑުމެން ބައިނަލްއަގްވާމީ މުޖުތަމައުގައި އެކަންތައްތަކަށް ވަކާލާތު ކުރަމުންދާއިރު ކޮމަންވެލްތްގެ އެހީތެރިކަން ލިބޭ. އެހެން މެމްބަރު ގައުމުތައް އަޅުގަނޑުމެންނާ އެއްކޮށް ވަކާލާތު ކުރުމުގައި ބައިވެރިވެގެން އަޅުގަނޑުމެން ކުރާ މަސައްކަތަށް ސަޕޯޓު ދިނުމުގައި ބައިވެރިވާނެ. އެހެންވީމަ ކޮމަންވެލްތް މެމްބަރ ޝިޕް ކޮމަންވެލްތް މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ރާއްޖެ އެތަކެއް ގޮތަކުން ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެންނަށް ފައިދާތަކެއް ކުރަމުންދާ ކަމެއް.

~ އަބްދުލްގަފޫރު މުހައްމަދު- ފޮރިން ސެކްރެޓަރީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅިގެން ގިނަ ގެއްލުންތަކެއްވިކަން ފާހަގަކުރައްވައި އަބްދުލްގަފޫރު ވިދާޅުވީ ޒުވާނުންނަށް ލިބުނު ތަމްރީން ޕްރޮގްރާމްތައް ގެއްލިގެން ދިޔަ ކަމަށާއި، ކުޅިވަރު ޒުވާނުންނަށް ލިބުނު ފުރުސަތުތައް ވެސް ގެއްލުނު ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ލިބުނު ފުރުސަތުތައް ވެސް ގެއްލިގެން ދިޔަ ކަމަށެވެ. ނަމަވެސް އަލުން ކޮމަންވެލްތް މެމްބަރުގެ ގައުމަކަށް ރާއްޖެ ވެގެންދިއުމުން ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އަބްދުލްގަފޫރު ވިދާޅުވިއެވެ.

އަބްދުލްގަފޫރު ވިދާޅުވީ ކޮމަންވެލްތުން އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި ފައިސާއިން ނޫން ކަމަށާއި، ރާއްޖެއިން އަޑު އުފުލާ ކަންކަމުގައި ރާއްޖޭގެ ބައިވެރިއެއްގެ ގޮތުގައި ކޮމަންވެލްތްގެ ގައުމުތަކުން ވެސް އެކަންކަމުގައި އަޑު އުފުލައިދީ، އިތުރު ބާރުވެރިކަމެއް އެކަންކަމަށް ފޯރުކޮށްދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް