ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 12:43
ބަންގަލަދޭޝް އިން ރާއްޖެ އައި މީހާގެ ލަގޭޖުން ފެނުނު މަސްތުވާތަކެތި
ބަންގަލަދޭޝް އިން ރާއްޖެ އައި މީހާގެ ލަގޭޖުން ފެނުނު މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި
ރާއްޖެ އައި މީހެއްގެ ލަގޭޖުން ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފި
 
2339 އެމްފެޓަމައިން ގުޅަ ފެނިފައިވޭ

ރާއްޖެ އައި މީހެއްގެ އަތުން 2339 އެމްފެޓަމައިން ގުޅަ ނުވަތަ ޕާޓީ ޑްރަގްސް އަތުލައިގެންފިއެވެ.

ރާއްޖޭގެ ކަސްޓަމްްސްއިން ބުނީ މި ތަކެތި ފެނިފައި ވަނީ ބަންގަލަދޭޝް އިން ރާއްޖެ އައި މީހެއްގެ އަތުން ކަމަށެވެ. ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު މި މީހާ އަތުލައިގެންފައި ވަނީ ކަސްޓަމްސް އިންނެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި 28 އަހަރުގެ ބަންގުލަދޭޝް ފިރިހެން މީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު އެމްފެޓަމައިން އަށް ވަނީ ޕޮސިޓިވް ވެފައެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ އަގު ދެ ލައްކަ ތެއްތިރީސްހާސް ނުވަސަތޭކަ ރުފިޔާއަށް އަރާ ކަމަށެެވެ.

މި މައްސަލާގައި ޝާމިލްވި ބިދޭސީ މީހާ އާއި އޭނާ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލު ކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް