ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ވިޔަފާރި - ރެޑްވޭވް

ރެޑްވޭވްގެ އަހަރީ ބާޒާރަށް ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް

  • ކޮންމެ ހަފްތާއަކު، 200ރ އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭނެ

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 08:59 2,242

ރެޑްވޭވް - ރެޑްވޭވް

މިދިޔަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ފެށި ހާއްސަ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް ލިބިގެންދާ ކަމަށް ރެޑްވޭވުން ބުނެފިއެވެ.

ރެޑްވޭވުން ބުނީ ކަސްޓަމަރުންގެ ތަރުހީބު ބޮޑުވުމާއި ގުޅިގެން އަހަރީ ބާޒާރުގެ ފަހު ދެ މަހު، ކަސްޓަމަރުން އިތުރު އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން މިއޮފަރ 10 ނޮވެމްބަރ 2019 އިން ފެށިގެން 15 ޖެނުއަރީ 2020ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ.

ކޮންމެ ހަފްތާއަކު، 200ރ އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭނެ ކަަމަށާއި މި ޕްރޮމޯޝަންގެ ތެރޭ، ރެޑްވޭވްގެ "ހަފްތާސޭލް" ކުރިއަށްދިޔަ ފަދައިން، ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްޤުވާ ތިންފަރާތެއް ހޮވުމަށް ނިންމާފައިވާ ކަމަށް ރެޑްވޭވުން މައުލޫމާތުދެއެވެ. އެގޮތުން 1ވަނަ އަށް 5،000ރ، 2ވަނަ އަށް 3،000ރ އަދި 3ވަނަ އަށް 2،000ރ ދިނުމަށް ވަނީ ނިންމާފައެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އެގޮތުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިމްޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ. މީގެ އިތުރުން ރެޑްވޭވުން ވަނީ ގިނަ އަދެދެއްގެ "ކްލިއަރެންސް ސޭލް" އަޅުވައި ވަރަށް ބޮޑަށް އަގު ހެޔޮކުރެވިފައެވެ.

އަހަރީ ބާޒާރުގެ ތެރޭގައި ގިނަ އަދަދެއްގެ ބްރޭންޑް ރެޑްވޭވުން ދަނީ ތައާރަފްކުރަމުންނެވެ. އެގޮތުން ގަލަންޒް ބްރޭންޑްގެ އެއަރކޯން، މޮލްފިކްސް ބްރޭންޑުގެ ނެޕީ އަދި ތަފާތު އެކިވައްތަރުގެ އިލެކްޓްރޯނިކްސް އަދި ފަރުނީޗަރ ރެޑްވޭވުންވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ މާރކެޓުގައި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ބްރޭންޑްތަކަކެއް ރާއްޖޭގެ މާރކެޓަށް، އަހަރީ ބާޒާރުގެ ތެރޭގައި ތައާރަފްކުރެވިގެންދާނެ ކަމުގައި ރެޑްވޭވުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް