ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - ޓެބްލެޓް

ބޮޑު ހަރަދުކޮށްގެން ގެނައި ޓެބްލެޓްގެ ބޭނުމެއް ނުހިފޭ: އެޑިއުކޭޝަން މިނިސްޓަރ

  • ޓެބްލެޓް ބޭނުންކުރެވޭނެ ފަދަ ނިޒާމެއް ނުވަތަ މެކޭނިޒަމެއް ގާއިމްކުރެވިފައި ނެތް
  • ކަނެކްޓިވިޓީ ވަރަށް ދަށް ބައެއް ރަށްރަށުގައި، ހުރިހާ ކުދިން އެއް ފަހަރާ ވަދެއްޖެނަމަ ކަނެކްޝަން ސްލޯވޭ
  • 70،000 ޓެބްލެޓް ގެންނަން 154 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 08:58 10,267

ސްކޫލް ދަރިވަރުންނަށް ގެނައި ޓެބްލެޓްގެ ތެރެއިން ޓީޗަރުންނާ ހަވާލުކުރި ޓެބްލެޓްތައް - މިނިސްޓްރީ އޮފް އެޑިއުކޭޝަން

ބޮޑު ހަރަދުކޮށްގެން ދަރިވަރުންނަށް ގެނައި ޓެބްލެޓްގެ ބޭނުމެއް ހިފޭނެ ގޮތެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ވަރަށް ބޮޑު ހަރަދެއްކޮށްގެން ޓެބްލެޓް ގެނެސްގެން ގްރޭޑް 2 އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދެވިފައިވާ ކަމަށެވެ. ނަމަވެސް ޓެބްލެޓް ދެވުނަސް ހަގީގަތުގައި އެ ބޭނުންކުރެވޭނެ ފަދަ ނިޒާމެއް ނުވަތަ މެކޭނިޒަމެއް ގާއިމްކުރެވިފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެން އޮންނާނެ ސްކޫލްތަކަށް އަންގާފައި ޓީޗިންގ އެއިޑެއް ގޮތަށް ޓެބްލެޓްސް ބޭނުންުކުރާށޭ. އެކަމަކު އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުންތަކެއް އެބަހުރި. ކަނެކްޓިވިޓީ ވަރަށް ދަށް ބައެއް ރަށްރަށުގައި. އެއީ އޮންލައިންކޮށް އެއްޗެއް ދަރިވަރުންނަށް ދައްކާލަން ވިޔަސް ޓެބް ބޭނުންކޮށްގެން އިންޓަރެކްޓިވް ސެޝަނެއް ކުރިއަށް ގެންދަން ބޭނުންވިޔަސް ހުރިހާ ކުދިން އެއްފަހަރާ ވަދެއްޖެއްޔާ ވަރަށް ސްލޯ އެބަވޭ،

~ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

މިނިސްޓަރ ވިދާޅުވީ ޓެބްލެޓްތައް ބޭނުންވާގޮތަކަށް އަދި ބޭނުންކުރެވޭނެ މާހައުލެއް ބައެއް ތަންތާކު ނެތް ކަމަށެވެ. ނަމަވެސް ބޮޑު ހަރަދެއް ކޮށްގެން ގެނެސްފައި ހުރި ޓެބްލެޓްތަކަކަށް ވުމުން އެ ބޭނުންކުރާނެ ގޮތުގެ ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ފޮތްތައް ޑިޖިޓަލައިޒް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރު ޑިޖިޓަލް ފޮތްތައް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުރިހާ ކުދިންނަށް ޑިޖިޓަލް ފޮތްތައް ބޭނުންކުރަން ހުޅުވާލުމުގެ ކުރިން ޕައިލެޓް ޕްރޮޖެކްޓެއް ހިންގަން މިއުޅެނީ. މިހާރު ކަނެކްޓިވިޓީ ހުރިގޮތުން އަޅުގަނޑުމެންނަށް އިނގޭ ހަރޑްކޮޕީ ނެތިއްޔާ ބައެއް ކުދިންނަށް ފޮތްތަކަށް އެކްސެސް ނުވެވިދާނެ. ބައެއް ގްރޭޑްސްތަކަށް އަޅުގަނޑުމެން ބަލާނީކިހިނެއްތޯ މި ބޭނުންކުރެވޭނީ. މިހާރު ފޮތްތައް ޑިޖިޓަލް ކޮށް ނިމިފައި ހުރީ ވެސް،"

~ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ކުރީ ސަރުކާރުން ސްކޫލްތައް ޑިޖިޓަލް ކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސް ދަރިވަރުންނާ ހަވާލުކޮށްފައިވެއެވެ. އަދި މިކަމަށް ދައުލަތުގެ ބަޖެޓުން 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް