ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 08:59
އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އުރީދޫ
އުރީދޫ
އައު ޕްލޭންތަކާއި އެކު އުރީދޫ ޑޭޓާ އަށް އިތުރު ފުރިހަމަކަމެއް
 
ޕްލޭންތަކުގައި މަހުން މަހަށް، ހަފްތާ އިން އަދި ޑެއިލީ ޑޭޓާ ހިމެނޭ

ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ޚާއްސަ ފައިދާތަކާއި އެކު، މުޅިން އައު ޑޭޓާ ޕްލޭންތަކެއް ތައާރަފްކޮށް، ރާއްޖޭގެ އެންމެ ހަލުވި 4ޖީ ނެޓްވަރކުގައި މޮބައިލް އިންޓަނެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އުރީދޫ އިން އިތުރު ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މަހުން މަހަށް، ހަފްތާ އިން އަދި ޑެއިލީ ޑޭޓާ ހިމެނޭ ގޮތަށް އަލަށް ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު ވަނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި ހިއްސާކޮށްފައެެވެ.

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އުރީދޫގެ މޮބައިލް އިންޓަނެޓް ބޭނުންކުރާ ކޮންމެ ބޭފުޅެއްވެސް ހިތްހަމަޖެހޭފަދަ، ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް، ފެށުނީއްސުރެ އުރީދޫ އިން ޚާއްސަ އިސްކަމެއްދޭ ކަމަށާއި. މިއީ، ދިވެހިންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން މޮބައިލް އިންޓަނެޓްގެ ޚިދުމަތް ހޯއްދަވާ ނެޓްވަރކްއަށް އުރީދޫވުމުގެ ފަހަތުގައިވާ އެންމެ މުހިއްމު ސަބަބުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއްދުވަހުން އަނެއް ދުވަހަށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ތައާރަފްކުރެވިގެންދަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ މުޅީން އައު ޑޭޓާ ޕްލޭންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް އެކުލެވޭ އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައެވެ. މި ޑޭޓާ ޕެކޭޖްތައް ފަރުމާކުރެވިފައިވަނީ، ކޮންމެ ކަސްޓަމަރެއްގެވެސް ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށެވެ. ހަމައެހެންމެ، އުރީދޫ އެޕްގައި ހިމަނާފައިވާ މަގޭ ޕްލޭން ޚިދުމަތް މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާގޮތަށް އެލަވަންސް، ފްރީ މިނިޓް އަދި މުއްދަތު ޚިޔާރުކޮށްގެން، އަމިއްލަ އަށް ޕްލޭންތައްވެސް ފަރުމާކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
7%
23%
0%
57%
3%
10%
ކޮމެންޓް