ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 22:45
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވެލިދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވެލިދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ
ވެލިދޫ ކައުންސިލަރުން ފާހަގަކުރި ކަންކަމަށް ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރަން ފެށުމުން ހައްލުލިބިގެންދާނެ: ރައީސް
 
ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި
 
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާބެހޭގޮތުންނާއި ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

އެގޮތުން ކައުންސިލަރުން ވަނީ ވެލިދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަގުހެދުމުގެ މަޝްރޫޢާ ގުޅިގެން ކައުސިލަރުން ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. އަދި ބަނދަރު ބޭނުންކުރުމުގައި ހުރިދަތިތަކާއި ރަށުން ގޯތި ދޫކުރުމާއި، ކުނިކޮށްޓާގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ބިންހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ލެވެލްކުރުމާ އަދި މި ނޫންވެސް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން ތައުލީމީދާއިރާއާ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރަންބޭނުންވާ ކަންކަމާއި ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ބައެއް މަޝްރޫޢުތަކާއި ޚިދުމަތްތައް ކައުންސިލަރުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ވެލިދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. ކައުންސިލަރުން ފާހަގަކުރެއްވި ގިނަ ކަންކަމަކީ ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރަން ފެށުމުން ޙައްލުލިބިގެންދާނެ ކަންތައްތައްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަތައް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް