ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 22:41
ހާތިފް ހިލްމީ އަދި ހުސައިން މަޒީދު ހުވާކުރައްވަނީ
ހާތިފް ހިލްމީ އަދި ހުސައިން މަޒީދު ހުވާކުރައްވަނީ
ރާއްޖެއެމްވީ
ހައިކޯޓު ފަނޑިޔާރު
ހައިކޯޓުގެ އާ ދެ ފަނޑިޔާރުން ހުވާކުރައްވައިފި
 
ފަނޑިޔާރުންނަށް މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެ
 
ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ

ހާތިފް ހިލްމީ އަދި ހުސައިން މަޒީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ގޮތުގައި ސިވިލް ކޯޓުގެ ދެ ގާޒީން ކަމުގައިވާ ގ. ޑޭޒީފެހި ހާތިފް ހިލްމީއާއި މއ. ވޭސައިޑް ފްލެޓު 705 ހުސައިން މަޒީދު ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.

ހައިކޯޓު ފަނޑިޔާރުންނަށް މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭނެއެވެ. އަދި ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިގެންދާނެއެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11 އަށް ބަދަލުކުރިއެވެ. އަދި ޖޭއެސްސީން ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އެ ފުރުސަތުގައި 12 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވިއެވެ.

ހައިކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފައިވަނީ 18 ޖޫން 2017 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް