ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 22:13
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ މުގުނީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ މުގުނީ
ރާއްޖެއެމްވީ
ކ.ގުރައިދޫ
ކ.ގުރައިދޫ ނަރުދަމާ ނިޒާމާއި ސްޓެލްކޯއިން ހަވާލުވެ ފެނުގެ ހިދުމަތްދޭ އިތުރު ޕްލާންޓެއް ގާއިމްކޮށްފި
 
މުގުނީ ވިދާލުވީ އެރަށުގެ ނަރުދަމާ ނިޒާމުގައި ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އިތުރަށް ފުޅާ ކޮށް ހަރުދަނާ ކުރުމަށް ހަތް މިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ކަނޑައަޅާފައިވާ ކަމަށް
 
100 ޓަނުގެ ޕްލާންޓެއް ގާއިމްކޮށް މިދިޔަ ހަފްތާގެ ތެރޭގައި ހިދުމަތްދޭން ފަށާފައިވީ ނަމަވެސް ރަސްމީކޮށް ހިދުމަތްދޭން ފެށީ ބުރާސްފަތި

ލޯކަލް ޓޫރިޒަމްގައި ކުރި އަރަމުން އަންނަ ކ. ގުރައިދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަށް ސްޓެލްކޯއިން އިން ހަވާލުވެ، ފެނުގެ ހިދުމަތަށް އިތުރު ޕްލާންޓެއް ގާއިމްކޮށް ހިދުމަތްދޭން ފަށާފިއެވެ.

ގުރައިދޫ އިން ދެމުންގެންދާ ފެނުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި 100 ޓަނުގެ ޕްލާންޓެއް ގާއިމްކޮށް މިދިޔަ ހަފްތާގެ ތެރޭގައި ހިދުމަތްދޭން ފަށާފައިވީ ނަމަވެސް ރަސްމީކޮށް ހިދުމަތްދޭން ފެށީ ބުރާސްފަތި ދުވަހުއެވެ.

ނަރުދަމާ ނިޒާމާއި ފެނުގެ ހިދުމަތަށް ފުރިހަމަކަން ގެނައުމަށް ގާއިމްކުރި ޕްލާންޓް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބުރާސްފަތި ދުވަހު ހަވީރު ގުރައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވީ، މީގެ ކުރިން ގުރައިދޫގައި ގާއިމް ކޮށްފައިވަނީ 30 ޓަނުގެ ދެ ޕްލާންޓް ކަމަށާއި އެ އަދަދަކީ ލޯކަލް ޓޫރިޒަމް އެ ރަށުގައި ފުޅާވެގެންދާއިރު ބޭނުންވާ ވަރަށް ވުރެއް މަދު މިންވަރެއް ކަމަށެވެ.

ދެން މިވަގުތު އަޅުގަނޑުމެން މި ގެނައީ އާ ޕްލާންޓެއް، 100 ޓަނުގެ ޕްލާންޓެއް، މިހާރު މިރަށުގަ އެ ދިމާވެފައިވާ ފެނުގެ ދަތި ކަމަށް ހައްލެއް ލިބިގެން އެބަދޭ، އެހެންވީމަ މީ ވަރަށް ރަނގަޅު ކުރިއެރުމެއް މިރަށަށް ލިބުން. އަދި މީގެ ކުރިން ބޭނުން ކުރެވިގެންދިޔަ 30 ޓަނުގެ ދެ ޕްލާންޓް ވެސް ބޭނުން ކުރެވިގެންދާނެ އެ ވަރަށް ޑިމާންޑް އަންނަ ދުވަސް ދުވަހު
މުގުނީ ވިދާޅުވިއެވެ
ގުރައިދޫގައި ގާއިމްކުރި 100 ޓަނުގެ ފެން ޕްލާންޓް

އިތުރަށް މުގުނީ ވިދާޅުވީ، ނަރުދަމާގެ ނިޒާމާއި ހަވާލުވިއިރު ދައުލަތުގެ ބަޖެޓުން މިދިޔަ އަންގާރަ ދުވަހު ބަޖެޓު ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި މަސައްކަތް ކުރިޔަށް ގެންދިޔުމަށް އަންގާފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވީ އެރަށުގެ ނަރުދަމާ ނިޒާމުގައި ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އިތުރަށް ފުޅާ ކޮށް ހަރުދަނާ ކުރުމަށް ހަތް މިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ކަނޑައަޅާފައިވާ ކަމަށެވެ.

މިވަގުތުވެސް އެ ރަނގަޅު ކުރުމަށް ގާތްގަނޑަކަށް ހަތް މިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް މިއޮތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެން އެ މަސައްކަތް ކުރާނަން، ސަރުކާރުން ބަޖެޓް ހަމަޖެހިފައި އޮތް ވާހަކަ އަންގައި މަސައްކަތް ކުރިޔަށް ގެންދިޔުމަށް މައުލޫމާތު ދީފަ އޮތީ،
މުގުނީ
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހެމާން އަދި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރް ވިދާޅުވީ، ގުރައިދޫ އަކީ ލޯކަލް ޓޫރިޒަމްގައި ވެސް ނަމޫނާ ދައްކަމުންދާ ރަށެއް ކަމަށާއި އެރަށަށް އެންމެ ބޮޑަށް ދަތިވާ ހިދުމަތަކީ ފެނުގެ ހިދުމަތް ކަމަށެވެ. އެހެން ނަމަވެސް ސްޓެލްކޯގެ ސަބަބުން މިއަދު އެ ހިދުމަތަށް ވެސް ހައްލު ލިބިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރިން ބުނިހެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ދަތިކަމަކީ ފެނުގެ ހިދުމަތް. ހާއްސަކޮށް ސީޒަން ތެރޭގައި ގެސްޓުން ފުލްވެ، ކުއްލިއަކަށް ކެނޑިގެންދަނީ ފެން، މަތިން ގެސްޓުން ފައިބާ ތިރީ ކޮޓަރިތަކުން ގެސްޓުން ނުކުންނާނެ. އަޅުގަނޑުމެން ހަދާނެ ގޮތް ބައެއް ފަހަރު ހުސްވޭ، ކައިރީގެ ހުންނަ ރަށްރަށުން ފެން ގެނެސް އަޑީގަ ހުންނަ ޓޭންކު ތަކަށް ފެން އަޅައިގެން މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރެވުން، އަދި ޝަކުވާތައް ބޮޑުވެގެން ވަނީ ހިލޭވެސް ފަތުރުވެރިންނަށް ފޯރުކޮށްދީފަ، ނަމަވެސް އެބޭފުޅުން ގޮސް މި ލިޔަނީ އެންމެ ބޭނުންވާ އެއްޗެއް ނޫން. އެކަމަކު މިއަދު މިވަނީ މިކަމަށް ސްޓެލްކޯ އިން ހައްލު ހޯދައިދީފަ
ހަސަން ޒަރީރު

އިތުރަށް ޒަރީރު ވިދާޅުވީ ރައްޔިތުން އަބަދުވެސް އެދެމުން ދިޔައީ ލާމަރުކަޒީ އުސޫލުން އަތޮޅު ތަކާއި ރަށްތައް ހިންގުމަށް ކަމަށާއި މިއަދު ރާއްޖެ ކަޑައްތު ކުރަމުންދަނީ މީގެ ކުރިން ނުދެކޭ ފަދަ ތަރައްގީގެ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް