ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 19:33
ގާޒީ ހައިލަމް
ގާޒީ ހައިލަމް
މުހައްމަދު ޝަރުހާން
ގާޒީ އަހުމަދު ހައިލަމް
ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ތެރެއިން އެދުނު: ހައިލަމް
 
ހައިލަމް މިހާރު ހުންނެވީ ސަސްޕެންޝަންގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އެދުނު ކަމަށް ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގްގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކި އެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކަކުން ސީދާގޮތުންނާއި ނުސީދާގޮތުން ގާތް މީހުން މެދުވެރިކޮށް އޭނާ އަށް ނޫފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މެސެޖުކޮށްގެންނާއި ގުޅައިގެންވެސް އެކި މީހުން މެދުވެރިކޮށް ކުރީގެ ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާން ފަހުމީއާއި ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ފޮލިހުގައި އޮތް ކަމަށާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމަށާއި ސަސްޕެންޑުކުރާނެކަމުގެ އިންޒާރު ދިން ކަމަށްވެސް ވެއެވެ.

އޭގެއިތުރުން ބަޔާނުގައި ބުނެފައިވަނީ ނުފޫޒު ފޯރުވަމުންދާކަން މިވަގުތު ކްރިމިނަލް ކޯޓުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ގާޒީ އަލީ ރަޝީދަށްވެސް އެނގިލައްވާނެ ކަމަށެވެ.

މާލެ/ މއ. ކާމިނީހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގްގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކި އެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކަކުން ސީދާގޮތުންނާއި ނުސީދާގޮތުން އަޅުގަނޑުގެ ގާތް މީހުން މެދުވެރިކޮށް އަޅުގަނޑަށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތައިގެން ވަރަސް ގިނަ މަސައްކަތް ކޮށްފައިވެއެވެ. އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައިވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއާއި 4 ވަނަ ދުވަހުއެވެ.

އަލްހާން ފަހުމީ އާއިއެކު ކުރެވުނު ޓްރާންސެކްޝަންއަށް އިޝާރާތް ކުރެއްވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މަގާމެއްގައިހުރި ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓު ބަލައިފިނަމަ ހަމަ ކޮންމެ މީހެއްގެ އެކައުންޓްގައި ވެސް ގާތް މީހުން އެކި ކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށެވެ. އަދި ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާދުވާންވީ ޖޭއެސްސީގެ ހުރުމަތުންކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާފަ ނޫންތޯ ގާޒީ ހައިލަމް ވަނީ ސުވާލުއުފައްދަވާފައެވެ.

ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ވަނީ އަލްހާން އަކީ އެއްވެސް އިރެއްގައި އަދި އެއްވެސް ކަމެއްގައިވެސް އެއްވެސް ހައިސިއްޔަތަކުން ކްރިމިނަލް ކޯޓަށް ދާ މީހެއް ނޫން ކަމަށެވެ. އަދި އަލްހާން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުމުގެ މާކުރިން ވެސް ގާޒީ ހައިލަމްގެ ރަހުމަތްތެރިއެއް ކަމަށް ބަޔާނުގައި ވެއެވެ. އަލްހާންގެ މަސްލަހަތެއް އޮތް އެއްވެސް މައްސަލައެއް އޭނާއަށް ނުބެލޭނެ ކަމަށާއި އަދި ބަލާފައިވެސް ނުވާނެ ކަމަށް ބަޔާނުގައި ވެއެވެ.

19 މެއި 2019 ވަނަ ދުވަހު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަނާއި ގުޅިގެން ފުލުހުންނަށް އޭގެ މައުލޫމާތު ތަފްސީލުކޮށްދެއްވި ކަމަށާއި ނަމަވެސް އެގައި އެއްވެސް ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އޭރު އެ މައްސަލަ ނުބަލަން ފުލުހުން ނިންމި ކަމަށް ބަޔާނުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
26%
9%
0%
43%
9%
13%
ކޮމެންޓް
7 ނޮވެންބަރ 2019 | ބުރާސްފަތި 21:56
އެދުރު ހަސަން
ދައުލަތުގެ ހަޒާނާ ދަވާލާފަ ލަދު ހަޔާތްކުޑަކަމުން ކޯޓުގަ އަގަ ތަތްމިނައް ހުޅުވާފަ ބުނަނީ އަހަރެންގެ ނިޔަތް ރަގަޅޯ .ވަރައް ތާހިރެއްނުން.. ތިކަލޭގެ ލާންވީ ޖަލަކައްނޫން. ހަވަރައްދޭންވީ.