ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 18:31
ކްރިސްޓިއަން އެރިކްސަން
ކްރިސްޓިއަން އެރިކްސަން
ގެޓީ އިމޭޖަސް
ކްރިސްޓިއަން އެރިކްސަން
ޖެނުއަރީ ޓްރާންސްފާއަށް އެރިކްސަން ގެންނަން ޔުނައިޓެޑުން ބޭނުންވޭ
 
މި ސީޒަނަށްފަހު ޓޮޓެންހަމްއާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން ހަމަވާނެ

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފިލްޑަރ ކްރިސްޓިއަން އެރިކްސަން ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކްސްޕްރެސްއިން ބުނީ، ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް އެރިކްސަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާގެ ސޮއި ހޯދޭނެކަމުގެ އިތުބާރު އެ ކްލަބަށް އޮތް ކަމަށެވެ.

މި ސީޒަނަށްފަހު ޓޮޓެންހަމްއާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެރިކްސަން ހޯދުމަށް ޔުނައިޓެޑު އަދި ރެއާލްގެ އިތުރުންވެސް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ޖެނުއަރީ ޓްރާންސްފާގައި އެހެން ކްލަބަކަށް ވިއްކާލުމަކީ ވަރަށް ކައިރި ކަމެކެވެ.

އަޔެކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 291 މެޗުގައި 68 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

މީގެ އިތުރުން ހަތަރު ފަހަރު ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި 29 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް