ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 18:36
ޕެޑްރޯ ރޮޑްރިގޭޒް
ޕެޑްރޯ ރޮޑްރިގޭޒް
ގެޓީ އިމޭޖަސް
ޕެޑްރޯ ރޮޑްރިގޭޒް
ޖެނުއަރީ ޓްރާންސްފާގައި ޕެޑްރޯ ޗެލްސީ ދޫކޮށްލަނީ
 
ޕެޑްރޯ ބަދަލުވުން ގާތީ ޗައިނާގެ ކްލަބަކަށް

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރ ޕެޑްރޯ ރޮޑްރިގޭޒް އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ޕެޑްރޯ ހޯދުމަށް ޗައިނާގެ ކްލަބްތަކުގެ އިތުރުން ތުރުކީގެ ފެނަބާޗޭއިންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާގައި އެންމެ ރަނގަޅު ހުށަހެޅުމެއް ލިބޭ ކްލަބަކަށް ޕެޑްރޯ ބަދަލުވާނެއެވެ. އަދި އޭނާ ބަދަލުވާނީ ޗައިނާގެ ކްލަބަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެޑްރޯ ޗެލްސީއަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 191 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައެވެ.

އުމުރުން 32 އަހަރުގެ ޕެޑްރޯ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

ބާސާއަށް ކުޅުނު 321 މެޗުގައި 99 ލަނޑު ކާމިޔާބުކޮށްފައިވާ ޕެޑްރޯ ވަނީ އެޓީމާއެކު ފަސް ލީގު ތަށި، ހަތަރު ކޮޕަޑެލްރޭ، ހަތަރު ސްޕެނިޝް ސުޕަކަޕް، ތިން ޔުއެފާ ޗެމްޕިއަސް ލީގު، ތިން ޔުއެފާ ސުޕަކަޕް އަދި ދެ ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓިމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައިވާ ޕެޑްރޯ ވަނީ ގައުމީ ޓީމަށް ކުޅުނު 65 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް