އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
މަޓިޗް

ޖެނުއަރީ ޓްރާންސްފާގައި މަޓިޗް ޔުނައިޓެޑު ދޫކޮށްލަނީ

  • ޔުނައިޓެޑާއެކު މަޓިޗް ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު

ކ. މާލެ | 7 ނޮވެންބަރ 2019 | ބުރާސްފަތި 18:33 | 2,442

މަޓިޗް - ގެޓީ އިމޭޖާސް

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި މަޓިޗް މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މެންޗެސްޓަރ އިވްނިންގ ނިއުސްއިން ބުނީ، ޔުނައިޓެޑުގައި މަޓިޗް ހުރީ ހިތްހަމަ ޖެހިގެން ނޫން ކަމަށާއި، އޭނާ ބޭނުންވަނީ ކުރިޔަށް އޮތް ޓްރާންސްފާގައި އެ ކްލަބް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ކަމަށެވެ.

މިދިޔަ ޓްރާންސްފާ ބާޒާރުގައިވެސް މަޓިޗް ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ނިންމީ އެހެން ކްލަބަކަށް ބަދަލުނުވެ ޔުނައިޓެޑުގައި މަޑުކުރާށެވެ. އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުއެވެ.

މީގެކުރިން ޗެލްސީ އަދި ބެންފީކާއަށްވެސް ކުޅެފައިވާ މަޓިޗް ޔުނައިޓެޑަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 92 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާއެކު ދެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ މަޓިޗް ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބަށް ކުޅުނު 151 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

ބެންފީކާއާއެކު މަޓިޗް ތިން ސީޒަން ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 99 މެޗުގައި ނުވަ ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބާއެކު ލީގު ކާމިޔާބުކޮށްފައެވެ.

ސާބިއާ ގައުމީ ޓީމަށް 48 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައިވާ މަޓިޗް ވަނީ އެ ގައުމުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ދެފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.