ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 18:33
ކީލިއަން އެމްބާޕޭ
ކީލިއަން އެމްބާޕޭ
ގޫގުލް
ކީލިއަން އެމްބާޕޭ
އެމްބާޕޭ ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
 
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް އެމްބާޕޭ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެފައިވާ ކަމަށެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް އެއްބަސްވުން ހަމަވުމުގެ ކުރިން އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ފްރާންސްގެ މޮނާކޯ އިން ކެރިޔަރު ފެށި އެމްބާޕޭ ވަނީ އެޓީމަށް ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ފްރާންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށްފަހު، ލޯން އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 97 މެޗުގައި 69 ލަނޑު ކާމިޔާބުކޮށްފަ އެވެ. އުމުރުން 20 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފްރާންސް ޓީމަށް 33 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ފްރާންސްއާއެކު ކާމިޔާބުކުރުމުގެ އިތުރުން އެ މުބާރާތުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
91%
0%
0%
0%
9%
ކޮމެންޓް