ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 15:25
ޑރ އަފްރާޝީމް އަލީ
ޑރ އަފްރާޝީމް އަލީ
ގޫގުލް
މަރު ކޮމިޝަން
ޑރ އަފްރާޝީމް އަވަހާރިކޮށްލި މައްސަލައިގެ ރިޕޯޓް ރައީސް އޮފީހަށް ފޮނުވައިފި
 
ޑރ އަފްރާޝީމް އަލީގެ މަރަށް އިންސާފު ހޯއްދަވައިދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެއް
 
ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެރޭ ދަންވަރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލަ މަރުތައް ބަލާ ކޮމިޝަނުން ނިންމާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޑރ އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލަ ކޮމިޝަނުން ބަލާ ނިންމި ގޮތުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ ރޭ ދަންވަރު އެމަނިކުފާނު ދިރިއުޅުއްވާ ގެ ހ.ފުންވިލުގެ ސިޑި ކައިރިންނެވެ. މިމައްސަލާގައި މިހާތަނަށް އާއިރު ހުކުމް އިއްވާފައިވަނީ ހުސައިން ހުމާމަށް އެކަންޏެވެ. ހުމާމްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަގޮތަކަށް ޑރ އަފްރާޝީމް އަވަހާރަ ކޮށްލިތާ ހަތް އަހަރު ވެފައިވާއިރު އެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ހޯދާ އެމަނިކުފާނަށް އިންސާފު ހޯދަައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިމައްސަލަ ބަލުންދާ މަރު ކޮމިޝަނުން ކުރިން ވަނީ ޑރ އަފްރާޝީމްގެ މަރުގެ މައްސަލާގައި މީހަކު ހޯދުމަށް ވީޑިއޯ އެއްވެސް އާންމުކޮށްފަ އެވެ. އަދި އެމައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތްތައް ހޯދިފައިވާކަމަށް ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ.

މިިދިޔަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ޑރ އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލައިގެ ރިޕޯޓް ހަފްތާއެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް