އަންގާރަ 12 ނޮވެންބަރު 2019
12 ވިހާ
1441 ރަބީއުލް އައްވަލް 15
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:13
މަޣްރިބް 17:50
އިޝާ 19:05
ރިޕޯޓު - އއ. ފެރިދޫ

ފެރިދޫ ކައުންސިލްގެ ރައީސް: ފިކުރު ތަފާތުވިޔަސް ތަރައްގީގެ އުއްމީދުގައި

  • ނަރުދަމާ ނިޒާމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ކައުންސިލުން ފާހަގަކުރި

އަލީ ސަމާޚް
AliSamah8

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 00:32 1,861

ފެރިދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު - ރާއްޖެއެމްވީ

އާބާދީގައި 810 މީހުން ދިިރިއުޅޭ ފެރިދޫ އަކީ ޕީޕީއެމް އަށް ބޮޑު ތާއިދެއް އޮންނަ ރަށެކެވެ. ފެރިދޫގެ ދެ ކައުންސިލަރުންގެ ތެރެއިން ކައުންސިލްގެ ރައީސް އަކީ ޕީޕީއެމްގެ މެމްބަރެކެވެ. ނައިބް ރައީސް އަކީ އަމިއްލަ ގޮތުން ވާދަކުރައްވައިގެން ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރެކެވެ.

ޕީޕީއެމްގެ ''އަސުރުމާ'' ލޯގެ ޖަހަފާއި ހުރި އަނގޮޓީއެއް އަޅައިގެން ދަތުރަށްދާ ލޯންޗެއްގެ ދިރުބާކޮޅުގައި ހުރެގެން ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ވިދާޅުވަނީ، ފިކުރު ތަފާތުވިޔަސް ބޭނުންވަނީ ރަށް ތަރައްގީވުން ކަމަށެވެ.

ސޮބާހުގެ ވާހަކަ ފެށީ، އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކައިންނެވެ. 250 އާއި 300 ފޫޓު ދެމެދުގެ ފެރިދޫގެ ބަނދަރުގެ ދަތިކަމަކީ ރަށަށް ލަފާފުރާ މީހުންގެ ވަރަށް ބޮޑު ޝަކުވާ އެކެެވެ. ސޮބާހު ވިދާޅުވި ގޮތުގައި، ބަނދަރު ހެދުމުން ދިޔައިރުވެސް އެ ބަނދަރަކީ ރަށަށް ކުޑަ ބަނދަރެއް ކަމުގައި ބުނެފައިވާނެ ކަމަށެވެ. ކައުންސިލުން ވަނީ ބަނދަރަށް ދިމާވެފައިވާ ދަތިކަން ހިއްސާ މި ސަރުކާރާވެސް ހިއްސާ ކޮށްފައެވެ.

ބަނދަރުގެ ދަތިކަމުގެ ވާހަކަވެސް ސަރުކާރަށް ދަންނަވާފައިވާނީ. ދެން އަދި މި ސަރުކާރު އައި ފަހުންވެސް ބަނދަރާއި ގުޅިގެންނެއް ވަކި ވާހަކައެއް ނުދައްކަން

~ އަހުމަދު ސޮބާހު ~ ފެރިދޫ ކައުންސިލްގެ ރައީސް ~

މިހާތަނަށް އެކަމަށް ހައްލެއް އައިސްފައި ނުވިޔަސް، ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމްކުރެވިދާނެ ކަމުގެ ފެހި ސިގްނަލެއް މި ސަރުކާރުން ލިބިފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު އއ. ފެރދިޫ އަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އެކަމަކީ އެ ރަށު ރައްޔިތުންގެ ބޮޑު އުއްމީދަކަށްވާތީވެ ކައުންސިލަރުގެ އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ރަށުގެ ނަރުދަމާގެ ކަންތައްތައް ފެށިގެން ދިޔުމެވެ. ފެރިދޫ އަކީ އެ އަތޮޅު އެހެން ރަށްތަކާއި އަޅައި ބަލާއިރު ކުނި މަދު އަދަދެކެވެ. އެކަމަކު ކުނި މެނޭޖް ކުރެވޭނެ ގޮތެއް މިހާރަކު އެ ރަށަކު ނެތެވެ. ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ސިގްނަލެއް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ދާދީ ފަހުން ދީފައެވެ.

އަދި ނުފެށޭ ( ކުނި ނައްތާލުން) އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަނީ އަހަރު ނިމޭ ހިސާބުގައި ނުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މިކަން އަޅުގަނޑުމެންނަށް ވެގެންދާނެ ކަމަށް

~ އަހުމަދު ސޮބާހު ~ ފެރިދޫ ކައުންސިލްގެ ރައީސް ~

ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ސޮބާހު ވިދާޅުވީ، އެންވަޔަރެމެންޓް މިނިސްޓްރީއާ ވެމްކޯއާ ގުޅިގެން ރަށުގެ ގާތޮށި ނަގައިދޭނެ ކަމަށް ބުނެފައިވާ ކަމަށާއި، މިއަދާ ހަމަޔަށް އެއްވެސް ކަމެއްް ނުފެށިފައިވާ ކަމަށެވެ. ރަަށަށް ކަންތައްތަކެއް އަދި ނުކުރެވި ހުއްޓަސް ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާކަށް ކައުންސިލަރު ނޭދެއެވެ.

އަޅުގަނޑު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ގަބޫލުކުރަނީ ސަރުކާރުން އަޅުގަނޑުމެންނަށް ވައުދުވެފައިވާ ކަންތައްތައް އަޅުގަނޑުމެންނަށް އަވަސް ފުރުސަތެއްގައި ނިންމާލަދެއްވާނެ ކަމަށް.

~ ސޮބާހު ~ ފެރިދޫ ކައުންސިލްގެ ރައީސް ~

އއ. ފެރިދޫ އަކީ ހިތްގައިމު ރައްޔިތަކު އުޅޭ ރަށެއް

ރާއްޖޭގެ ހުރިހާ މިސްކިތްތައް ނުވަދިހަ ދުވަސް ތެރޭގައި އޭސީ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެހެން ނަަމަވެސް ހުރިހާ މިސްކިތްތަކެއް އަދި އޭސީ ކޮށްފައެއް ނެތެވެ. ސޮބާހު ވިދާޅުވީ، ކައުންސިލުން ބަލަނީ ވަކި ދުވަހަކަށް އޭސީ ކޮށްދިނުން ނޫން ކަމަށެވެ. އެހެން ނަމަވެސް އަވަސް ފުރުސަތެއްގައި އެކަން ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ އުއްމީދެއް ކަމަށް ވިދާޅުވިއެވެ.

ރަށުގެ ޕްރިންސިޕްލް އަވަސް އަވަހަށް ބަދަލުވާ މައްސަލައަކީ އެ ރަށުގެ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ. އެ ކަންތައް ކައުންސިލްގެ ރައީސްއާ ހިއްސާކުރަމުން ބެލެނިވެރިން ބުނެފައިވަނީ، ދާއިމީ ގޮތެއްގައި އެ ރަށަށް ޕްރިންސިޕަލް އެއް ބޭނުންވާ ކަމަށެވެ.

އެ ހުރިހާ ކަމެއް އަދި ކޮށްދެވިފައި ނުވިޔަސް ސޮބާހުގެ އުއްމީދަކީ ރަށުގެ ރައްޔިތުންގެ އުއްމީދުތަށް ސަރުކާރާއި ގުޅިގެން ފުރިހަމަ ކޮށްދޭށެވެ. ފިކުރު ތަފާތުވިޔަސް ސޮބާހު ހުންނެވީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ރަށަށް ތަރައްގީ ގެނައުމަށް ފެންބޮވައިގެންފައެވެ. އެ ހުރިހާ ކަމެއް ވެގެން ދިޔުމަކީ ރައްޔިތުންގެވެސް އުއްމީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް