ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 13:10
ށ. ފޭދޫގެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާކުރަނީ
ށ. ފޭދޫގެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާކުރަނީ
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ށ. ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފި
 
ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ބީއެމްއެލް އިން ދޭ
 
މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރ ގައި އިފްތިތާހު ކުރެވުނު ފުރަތަމަ ޕްރޮޖެކްޓް
 
ބީއެމްއެލް އިން ފޭދޫގައި 1000 ގެއަކަށް ފުޅި ބަހާފައިވޭ

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. ފޭދޫގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެ ރަށުގެެ ކޮންމެ ގެއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބިއްލޫރި ފުޅި ހަދިޔާ ކޮށްފިއެވެ.

މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރުގައި އިފްތިތާހު ކުރެވުނު ފުރަތަމަ ޕްރޮޖެކްޓަށްވާއިރު ބީއެމްއެލް އިން ފޭދޫގައި 1000 ފުޅި ވަނީ ބަހާފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވި ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް އެރަށަކީ ތިމާވެށްޓާ ރައްޓެހި އާދަކާދަ ދިރުވާ އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން ކަމަށެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް