ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 09:38
އީ-ސިނގިރޭޓް ފްލެވަރތައް
އީ-ސިނގިރޭޓް ފްލެވަރތައް
އަލްޖަޒީރާ
އީ-ސިނގިރޭޓް
އެމެރިކާގައި އީ-ސިނގިރޭޓް ފްލެވަރތައް މަނާ ކުރަނީ
 
އީ-ސިނގިރޭޓް ސަބަބުން 1888 ފުއްޕާމޭގެ މައްސަލަ ރިޕޯޓުކޮށްފައިވޭ
 
ކޮލެޖް، ޔުނިވަރިސިޓީގެ 4.1 މިލިއަން ދަރިވަރުން ވޭޕް ބޭނުން ކުރޭ
 
1.2 މިލިއަން ސްކޫލު ދަރިވަރުން ވޭޕް ބޭނުން ކުރޭ

އެމެރިކާގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އީ-ސިނގިރޭޓް ފްލެވަރތައް މަނާ ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

އެމެރިކާ ސަރުކާރުން ހެދި ސަރވޭއަކުން ދައްކާ ގޮތުން މިންޓް އަދި މެންތޮލް އަކީ އެމެރިކާގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އީ-ސިނގިރޭޓް ފްލޭވަރއެވެ. ނަމަވެސް މިކަން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ސަރުކާރުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އީ-ސިނގިރޭޓްގެ ހުރިހާ ވައްތަރެއް މަނާ ކުރަން އަމާޒު ކަނޑައަޅާފައެވެ.

އަލްޖަޒީރާއިން ބުނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީ-ސިނގިރޭޓް އެއްކޮށް މަނާ ކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެމެރިކާގައި ހެނދުނު ސަރވޭއިން ދައްކާ ގޮތުން ކޮލެޖް އަދި ޔުނިވަރިސިޓީގައި ކިޔަވާ ދަރިވަރުންގެ 4.1 މިލިއަން ދަރިވަރުން އަދި 1.2 މިލިއަން ސްކޫލު ދަރިވަރުން މިއަހަރުގެ މިހާތަނަށް ވޭޕްގެ ކޮންމެ ވެސް ބާވަތެއް ބޭނުންކޮށްފައިވާކަމަށެވެ. އަދި ސަރވޭގައި ސުވާލު ކުރެވުނު ދަރިވަރުންނާއި ހަވާލާދީ އިތުރަށް ބުނެފައިވަނީ ކޮލެޖް އަދި ޔުނިވަރސިޓީ 4 މިލިއަން ދަރިވަރުން އަދި 840،000 ސްކޫލު ދަރިވަރުން މިދިޔަ 30 ދުވަހުގެ ތެރޭގައި އީ-ސިނގިރޭޓް ބޭނުން ކުރިކަމަށެވެ.

މިދިރާސާތަކުން ލިބުނު ނަތީޖާއަށް ބެލުމަށްފަހު ވައިޓްހައުސްއިން ވަކި ގޮތަކަށް ނިންމާފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އޮކްޓޫބަރު މަހު ހެލްތު އެންޑް ހިއުމަން ސަރވިސަސްގެ ސެކްރެޓަރީ ބުނެފައިވަނީ ވަރަށް އަވަހަށް ވޭޕްގައި ބޭނުން ކުރާ ހުރިހާ ފްލޭވަރތަކެއް މަނާ ކުރާނެ ކަމަށެވެ. ނަމަވެސް އީ-ސިނގިރޭޓް ވިއްކުން މަނާ ނުކުރާނެ ކަމަށެވެ.

އެމެރިކާގައި ވޭޕް ނުވަތަ އީ-ސިނގިރޭޓް ސަބަބުން 1888 ފުއްޕާމޭގެ މައްސަލަ 49 ސްޓޭޓަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް