ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 09:35
އޫބާ ކުންފުނީގެ ސެލްފް ޑްރައިވިންގ ކާރު
އޫބާ ކުންފުނީގެ ސެލްފް ޑްރައިވިންގ ކާރު
އަލްޖަޒީރާ
އޫބާ ކުންފުނި
އޫބާ ކުންފުނީގެ ސެލްފް ޑްރައިވިންގ ކާރުން ޖެހި މީހަކު މަރުވީ ސޮފްޓްވެއަރގެ މައްސަލައަކުންކަން ހާމަވެއްޖެ
 
ޓްރެފިކްއަށް ނުބަލާ ހުރަސް ކުރާ މީހުން ދެނެނުގަނެވޭ
 
އެކްސިޑެންޓް ހިނގުމަށް މެދުވެރިވާ ސަބަބު ބެލުމަށް ދަނީ މަސައްކަތް ކުރަމުން
 
ކާރު ޓެސްޓް ކުރަން ދުއްވަނިކޮށް ގިނަ އެކްސިޑެންޓް ވަނީ ހިނގާފައި

އޫބާ ކުންފުނީގެ ސެލްފް ޑްރައިވިންގ ކާރަކުން ޖެހިގެން 2018 ވަނަ އަހަރު މަރުވި އެމެރިކާގެ އަންހެން މީހާ މަރުވީ ކާރުގެ ސޮފްޓްވެއަރގައި ހުރި މައްސަލައަކުން ކަމަށް އެކަން ދިރާސާ ކުރި އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ބުނެފިއެވެ.

އެ އެޖެންސީން އަންގާރަ ދުވަހު ބުނީ އޫބާ އިން ޑްރައިވަރަކާ ނުލާ ކާރު ޓެސްޓް ކުރުމުގެ ތެރޭގައި 37 އެކްސިޑެންޓް 18 މަސްދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ. މިކާރު އެކްސިޑެންޓް ވެސް ހިނގާފައިވަނީ އޫބާ އިން ކާރު ޓެސްޓް ކުރަން ދުއްވަނިކޮށް ކަމަށް ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ވަނީ ބުނެފައެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ ޑްރައިވަރަކާ ނުލާ ދުއްވާ ކާރުގެ ޚިދުމަތް އޫބާ އިން އާންމުންނަށް އަދި ހުޅުވާލާފައިނުވާކަމަށެވެ. އަދި މިއެކްސިޑެންޓްގެ ސަބަބުން މިބާވަތުގެ ހުރިހާ ކާރެއްގެ ޓެސްޓުތައް ވަގުތުން މެދު ކަނޑާލާފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގުމަށް މެދުވެރިވި ސަބަބު ބެލުމަށް ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ނޮވެންބަރު 19 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާނެއެވެ.

ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް މިހާރު ނެރިފައިވާ ރިޕޯޓެއްގައި ވާގޮތުން އެރިޒޯނާއަށް ނިސްބަތްވާ 49 އަހަރުގެ އެލައިން ހާޒްބާގް ގައިގަ ކާރުގައި ޖެހުނީ އެއަންހެން މީހާ މަގު ހުރަސް ކުރާކަން ކާރުގެ ސޮފްޓްވެއަރއަށް ޑިޓެކްޓް ނުވުމުންނެވެ.

ޓްރެފިކަށް ނުބަލާ ހުރަސް ކުރާ މީހުން ދެނެގަނެވޭނެ ގޮތަށް ކާރުގެ ސޮފްޓްވެއަރގައި ޑިޒައިން ކޮށްފައި ނެތް ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައިވާއިރު، މިނޫނަސް އެހެނިހެން ސޮފްޓްވެއަރގެ މައްސަލަތައް ވެސް ފާހަގަވެފައިވާ ކަމަށް ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ބުނެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް