ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 09:31
ސްޓާޓަޕް ވީކެންޑް އޮންނާނީ 15 ނޮވެމްބަރުގައި
ސްޓާޓަޕް ވީކެންޑް އޮންނާނީ 15 ނޮވެމްބަރުގައި
ދިރާގު
ދިރާގު
ދިރާގާ ސްޕާކްހަބް ގުޅިގެން ޓެކްސްސްޓަރސް ސްޓާޓްއަޕް ވީކެންޑް 2019 ބާއްވަނީ
 
މި ވީކެންޑަކީ ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިޔުމަށް ރަނގަޅު ފުރުސަތެއް
 
މި ހަރަކާތް 54 ގަޑިއިރަށް ކުރިއަށްދާނެ
 
ސްޓާޓަޕް ވީކެންޑް އޮންނާނީ 15 ނޮވެމްބަރުގައި

ދިރާގާއި ސްޕާކްހަބް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް "ސްޓާޓަޕް ވީކެންޑް 2019" ބޭއްވުމަށް ނިންމައިފިއެވެ.

ސްޓާޓަޕް ވީކެންޑް އޮންނާނީ 15 ނޮވެމްބަރު އިން 17 ނޮވެމްބަރަށް ކަމަށް ދިރާގުން ބުނެއެވެ.

ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަޤުވާމީ ހަރަކާތެކެވެ. އަދި މި މޮޑެލް މިހާރު ވަނީ ދުނިޔޭގެ 150 ގައުމުގައި ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައެވެ.

54 ގަޑިއިރަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެ ކަމަށާއި މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓަރޓަޕް ކަލްޗަރ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.

ސްޓާޓަޕް ވީކެންޑަކީ ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަރާ ދިއުމަށް ބޭނުންވާ މުހިންމު މައުލޫމާތު ތަކެއް ލިބިދޭނެ ވިޔަފާރީގެ ހުނަރު ތަރައްގީ ކޮށްދެވިގެންދާނެ ހަރަކާތެކެވެ. އެގޮތުން ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި ދިރާގާ އަދި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންނާ ބައްދަލުކޮށް އެ ފަދަ މީހުންގެ އިރުޝާދުގެ ލިބިގެންދާނެއެވެ. އަދި ހިއްސާކުރެވޭ ޚިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގާއި ސްޕަރކްހަބް ގުޅިގެން ޒުވާނުންގެ މެދުގައި ސްޓަރޓަޕް ކަލްޗަރ ބިނާ ކުރުމަށް މުހިންމު މަސައްކަތްކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައި އަލަށް ލީން ސްޓާޓަޕް މެޝިން ވަނީ ތަޢާރަފުކޮށްފައެވެ. އަދި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންކަމަށްވާ "އޭންޖަލް ހެކް" އާއި ސްޓާޓަޕް ގްރައިންޑުގެ އެކްސް ސީރީސް ވެސް ވަނީ ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް