އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޗައިނާގެ ވިޔަފާރި

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ފީ ހުއްޓާލަނީ

  • ޓްރޭޑް ޑީލްގެ ފުރަތަމަ ފޭސް ކާމިޔާބުކަމާއެކު ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުން
  • ގޭތެރޭގައި ބޭނުންކުރާ ސާމާނުން %15 ޓެކްސް އުވާލުމަށް މަޝްވަރާކުރަނީ
  • ޗައިނާއިން އެހެނިހެން ގައުމުތަކުގެ ވިޔަފާރި ވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދޭނެ

ކ. މާލެ | 7 ނޮވެންބަރ 2019 | ބުރާސްފަތި 09:46 | 4,177

ޗައިނާގެ ރައީސް އެމެރިކާގެ ރައީސްއާއެކު - އަލްޖަޒީރާ

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ފީ ހުއްޓާލުމަށް މަޝްވަރާކޮށްފިއެވެ.

ފައިނޭންޝިއަލް ޓައިމްސްއިން ރިޕޯޓުކުރާ ގޮތުގައި އެމެރިކާ ސަރުކާރުން ދަނީ ޗައިނާއިން އެތެރެކުރާ ބައެއް މުދަލުން ނަގާ ޓެކްސް ނުވަތަ ފީ ހުއްޓާލުމާމެދު މަޝްވަރާކުރަމުންނެވެ.

މިމަޝްވަރާތައް މިގޮތަށް ފެށީ ދެޤައުމުގެ ސަރުކާރުން ސޮއި ކުރަން ހަމަޖެހިފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ފަސޭހަކަމާއެކު ކުރިޔަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވެސް މީޑިއާ ރިޕޯޓުގައިވެއެވެ.

އެގޮތުން ވައިޓްހައުސް އޮފިޝަލުން ދަނީ ޗައިނާއިން އިންޕޯޓު ކުރާ 112 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް އުވާލުމަށް މަޝްވަރާ ކުރަމުންނެވެ. އަދި އަންނައުނާއި، ގޭތެރޭގައި ބޭނުންކުރާ ސާމާނުތަކުން ނަގަމުން އައި 15 ޕަސެންޓްގެ ޓެކްސް އުވާލުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް ވައިޓްހައުސްގެ 5 އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާގައި ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ޗައިނާގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ދެގައުމުގެ ރައީސުން އެމެރިކާގައި ބައްދަލުކުރާނެ ތަނެއް ފައިނަލް ކުރުމަށް ޗައިނާގެ އޮފިޝަލް އިން އެކިތަންތަން ބަލަމުންދާ ކަމަށެވެ.

އެމެރިކާގެ ކޮމަރސް ސެކްރެޓަރީ ވިލްބަރ ރޯސް ވިދާޅުވީ ޓްރޭޑް ޑީލްގެ ފުރަތަމަ ފޭސް ކާމިޔާބު ކަމާއެކު ނިންމާލުމަށް ގިނަ އަދި ރަނގަޅު ކާމިޔާބު ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ.

ޗައިނާ އިންޓަނޭޝަނަލް އެކްސްޕޯގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވީ ހުރިހާ ޤައުމުތަކުން ގުޅިގެން ފަސޭހަ ކަމާއެކު ވިޔަފާރި ކުރެވޭނެ ގޮތް ހޯދުމަށް މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށާއި، ޗައިނާއިން ވެސް ކުރިއަށް އޮތްތަނުގަ އެހެނިހެން ޤައުމުތަކުގެ ވިޔަފާރި ވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދޭނެ ކަމަށެވެ. އަދި ޗައިނާއަށް އިންޕޯޓު ކުރެވޭ އެހެން ޤައުމުތަކުގެ މުދަލުން ނަގާ ޓެކްސް ކުޑަ ކުރާނެ ކަމަށް ވެސް ޗައިނާގެ ރައީސް ވިދާޅުވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.