ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރިޕޯޓު - މަގޭ ރިޕޯޓު

ޖުޑީޝަރީ އިސްލާހު ކުރަން ހުރަސް ނާޅާ!

  • އިންސާފުވެރި ފަނޑިޔާރުގެއަކަށް ރައްޔިތުން ތިބީ ފެންބޮވައިގެންފަ

އަލީ ސަމާޚް
AliSamah8

ކ. މާލެ 6 ނޮވެންބަރު 2019 | ބުދަ 20:05 4,159

އިދިކޮޅު މެމްބަރުން - ޓްވިޓަރ

ދާދި ފަހަކާއި ޖެހެންދެން ރާއްޖޭގެ ޖުޑީޝަރީ އަކީ މުއްސަނދި މަހުޖަނުންނާއި، ފުންނާބު އުސް ސިޔާސީ ފަރާތްތަކާއި، ގޭންގުތަކުގެ އަތްދަށުގައި އޮތްތަނެކެވެ. އެއީ އެމީހުން ބޭނުން ގޮތަކަށް ބޭނުންހާ ސަކަރާތެއް ޖަހަން ބޭނުންކުރަމުން ދިޔަ ތަނެވެ.ކޯޓުތަކުގެ ފަނޑިޔާރުންނަށް ތިއްބެވި ފަރާރްތަކަކީ ''ކުޑަ ފައިސާ'' ކޮޅަކަށް އެ ފަރާތްތަކަށް ވިކޭ މީހުންނެވެ.

ފެނިގެން ދިޔައީ ރިޝްވަތުގެ މަޅީގައި ޖެހި، ﷲ ގަންދީ ކުރެއްވި ހުވަޔާ ހިލާފަށް ހުކުމް އިއްވަމުން ދިޔަތަނެވެ. ބޮޑެތި އަދަދުން ''ހަރާން'' ފައީސް ނަންގަވައިގެން ބޮޑު ގޮނޑީގައި ތިއްބެވި ފަނޑިޔާރުންނަކީ ކޮބާކަން އެނގޭ ނަމަ ސަހަރޯ އޭ ހިތައް އަަރާނެއެވެ. އަހަރުމެން ގައުމުގެ އަދުލު އިންސާފު ކޮބާތޯއެވެ.

އިންސާފުވެރި ފަނޑިޔާރުގެއަކަށް ރައްޔިތުން ތިބީ ފެންބޮވައިގެންފައެވެ. އެންމެން އެއް އަޑަކުން ގޮވަމުން ދަނީ ޝަރުއީ ދާއިރާ އިސްލާހުކޮށް އިންސާފު ގއިމް ކޮށްދިނުމަށެވެ.

ކޯޓުތަކާއި ފަނޑިޔާރުގެތަކުން އިންސާފު ހޯދަންވެގެން އެންމެ ބޮޑަށް އަޑުއުފުލައި ވަކާލަތު ކުރާ އެމްޑީޕިންޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ދަތުރު ފެށީ ފޮނި އުއްމިދުގައެވެ. ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖޭއެސްސީ އަށް މީގެ ކުރިން ހުށައެޅިފައިވާ މައްސަލަތައް ބަލައި އެކަން ކުރި ފަނޑިޔާރުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ފެށުނެވެ. އެ ހުރިހާ ކަމެއްވެސް ކުރަމުންދަނީ އެކަމަށް އޮންނަ އުސޫލުގެ ދަށުން ކަމާއިމެދު ޝައްކެތް ނެތެވެ. ފަނޑިޔާރުން ކޮށްފައިވާ ކަންތައް ބަލައި ހޯދައި ތަހުގީގު ކުރަން ޖެހެއެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމުން ރިޝްވަތުގައި ހިފި ފަނޑިޔާރުންނާއި އެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ދިން މީހުންގެ ލޮލަށް ހަމަ ނިދި ނުލިބޭ ކަހަލައެވެ. މި ވެނި ފަނޑިޔާރަކީ މިހެންވާ މީހެކޭ، އޭނާ ދުވަހަކު ރިޝްވަތެއް ނުނަގާނޭ ކިޔާ، އެ ހަޑި މުޑުދާރު އަމަލުތައް ހިންގި ފަނޑިޔާރުންގެ ދިފާއުގައި ފައިސާ ދިއްކުރި މީހުން ނުކުތްލެއް އަވަހެއްނޫންތޯއެވެ.

ވާނީވެސް އެހެނެއްނޫންތޯއެވެ. ކުރިން ކޮށްފައި ހުރި ކަންތައްތަކުގެ މައްޗަށް އަޅައި ފޮރުވުމުގެ ބޭނުމެއް ނެތެވެ. ހުރިހާ ކަމެއް ދިވެހި ރައްޔިތުންގެ ލޯ ކުރިމައްޗަށް މި ވަނީ ހާމަވެފައެވެ. އޮޅުވާލަން މަސައްކަތްކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ނުކުރައްވާށެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގި ޖަރީމާތައް ހާމަކޮށް، ރައްޔިތުންނަށް އިންސާފު ހޯދާދޭން އެބަ ޖެހެއެވެ.

އިދިކޮޅު ކޯލިޝަންގައި ތިއްބެވި މެމްބަރުންނަށް ސައިޒު އޮޅުނީތޯއެވެ. ލިބުނު ގޮނޑީގެ އަދަދު އަދިވެސް ގިނައީތޯއެވެ. ހަމަ ނުޖެހުން އުފައްދާ، އިންސާފުގެ ދަތުރު ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ މިސްރާބު އޮޅުވާލަން ތި ކުރައްވާ މަސައްކަތްތައް ހުއްޓާލާށެވެ. ޖުޑިޝަރީ އިސްލާހު ކުރަން ކުރަމުންދާ މަސައްކަތަށް ހުރަސް ނާޅުއްވާށެވެ. މަޑުމަޑުން ގޮނޑީގައި ތިއްބަވާށެވެ. ބިނާ ކުރަނިވި ފާޑު ވިދާޅުވާށެވެ. އެމްޑީޕއަށް ރައްޔިތުންގެ މަޖިލީހުން ސުޕާ މެޖޯރިޓީ ދީ، އެ ޒިންމާ އެ މީހުންނާއި ހަވާލު ކުރީ ދިވެހި ރައްޔިތުންނެވެ. އިންސާފަށް ހުރަސް ނާޅުއްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް