ކ. މާލެ
|
6 ނޮވެންބަރ 2019 | ބުދަ 18:10
ސެރީނާ އާއި ފިރިމީހާ އެލްކްޒިސް
ސެރީނާ އާއި ފިރިމީހާ އެލްކްޒިސް
ގޫގުލް
ސެރީނާ ވިލިއަމް
ޓެނިސް ކުޅުންތެރިޔާ ސެރީނާ ޗުއްޓީއެއްގައި އިތާފުށި ރިސޯޓުގައި!
 
ސެރީނާ އަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރުގެ އެއް އަންހެން ކުޅުންތެރިޔާ
 
ޗުއްޓީ ހޭދަކުރަމުންދަނީ އިތާފުށި ރިސޯޓްގައި

އެމެރިކާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަންމުން އެބަދެއެވެ.

ސެރީނާ ޗުއްޓީ ހޭދަ ކުރަމުންދަނީ އިތާފުށި ރިސޯޓްގައެވެ. ސެރީނާ އާއެކު އޭނާގެ ފިރިމީހާ އެލްކްޒިސް އޮހޭނިއަންގެ އިތުރުން ދަރިފުޅު ވެސް އަންނަނީ ޗުއްޓީ ހޭދަކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ސެރީނާ ވަނީ އޭނާގެ ޗުއްޓީ ހޭދަ ކުރަމުންދާ އިތާފުށި ރިސޯޓްގެ ސްވިމިން ޕޫލެއް ކައިރި ހުރެ ނަގާފައިވާ ފޮޓޮއެއް އޭނާގެ އިންސްޓެގްރާމްގައި ޕޯސްޓު ކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސެރީނާ ވަނީ ގިނަ މުބާރާތްތަކެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ސެރީނާ އަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރުގެ އެއް އަންހެން ކުޅުންތެރިޔާ ކަމެވެ.

ޒުވާން ކަމާއި ރީތިކަމަށް ލޯބިކުރާ އެ މަޝްހޫރު ޓެނިސް ކުޅުތެރިޔާގެ އުމުރަކީ 38 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް