ކ. މާލެ
|
6 ނޮވެންބަރ 2019 | ބުދަ 17:57
ލިންޑްސީ ހޮއިލް
ލިންޑްސީ ހޮއިލް
ގޫގުލް
ލިންޑްސޭ ހޮއިލް
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަމަށް ލިންޑްސީ ހޮއިލް!
 
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސްއަށް ބަދަލުތަކެއް އަންނާނެ ކަމަށް ހޮއިލް ވިދާޅުވި
 
ހޮއިލް އެ މަގާމަށް އިސްކުރެއްވީ ކުރިން ރައީސް ކަމުގައި ހުންނެވި ޖޯން ބަރކައު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން

އިނގިރޭސިލިވާލުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމަށް އެގައުމުގެ ލޭބަރ ޕާޓީގެ އޮފިޝަލު ލިންޑްސީ ހޮއިލް ހަމަޖައްސަވައިފިއެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ރައީސް ކަމަށް ހޮއިލް ހަމަޖެއްސެވީ ކުރިން ރައީސް ކަމުގައި ހުންނެވި ޖޯން ބަރކައު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ފާއިތުވި ދިހަ އަހަރު ވަންދެން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ޖޯންގެ މަގާމަށް ހޮއިލް ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ކަންކަން ނިންމުމުގައި ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށާއި ކަންކަން ނިންމާނީ ދެފުށްފެންނަ ގޮތަށް ކަމަށެވެ.

އިތުރަށް ހޮއިލް ވިދާޅުވީ ރައީސް ކަމަށް އޭނާ ހަވާލުވެވަޑައިގަތުމާއި އެކު ގާނޫނު ހަދާ މަޖިލީހަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެ ބަދަލުތައް ވެގެންދާނީ ހިތްހަމަޖެހޭ ފައިދާހުރި ބަދަލުތަކަކަށް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ރައީސްކަން ކުރައްވާ ބޭފުޅެއްގެ އެންމެ މުހިއްމު އަމާޒަކަށް ވެގެންދަނީ ތަޅުމުގައި ހިނގައި ބަހުސްތައް ހަރުދަނާ ގޮތެއްގައި ވަކި އޮނިގަނޑެއްގެ މަތިން ކުރިޔަށް ގެންދިޔުން ކަން ފާހަގަ ކޮށްލެވެއެވެ.

ފާއިތުވެގެން ދިޔަ މަސްތަކުގެ ތެރޭގައި ވެސް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި އެންމެ ވާދަވެރިކޮށް ކޮށްފައިވާ ބަހުސްތަކަކީ ވިލާތުގެ އިއްތިހާދުން އިނގިރޭސިލިވިލާތް ވަކިވުމާއި ގުޅޭގޮތުން ކޮށްފައިވާ ބަހުސްތަކެވެ.

އެހެންކަމުން ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ހޮއިލް ވެސް އެންމެ ފުރަތަމަ ކުރިޔަށްގެންދަވާނީ އެކަމާއިގުޅޭ ބަހުސްތައް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް