ކ. މާލެ
|
6 ނޮވެންބަރ 2019 | ބުދަ 15:21
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
މުހައްމަދު ޝަރުހާން
އެންޓި-ކޮރަޕްޝަން ކޮމިޝަން
ފުރަތަމަ 9 މަސްތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވަނީ ތިން މައްސަލައެއް: އޭސީސީ
 
މިއަހަރުގެ ފުރަތަމަ 9 މަސްތެރޭގައި ދައުވާކުރަން ފޮނުވި މައްސަލަތަކުގައި ޖުމްލަ 3,646,500.00ރ ހިމެނޭ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، 03 މައްސަލައެއްގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އޭސީސީން ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާ 03 މައްސަލައިގެ ތެރެއިން، މިއަހަރުގެ 03 ވަނަ ކުއާޓަރުގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ 01 މައްސަލައެވެ. މި މައްސަލައިގައި 01 ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާއިރު، އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މީގެއިތުރުން، 2018 ވަނަ އަހަރުގެ 03 ވަނަ ކުއާޓަރުގެ ތެރޭގައި ވެސް ދަޢުވާކުރުމަށްޓަކައި އޭސީސީ އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 01 މައްސަލައެވެ. އަދި އެ މައްސަލައިގައި 02 ފަރާތެއް ޝާމިލްވާއިރު، އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޖުމްލަ 02 ބާވަތެއްގެ ދަޢުވާއެވެ. އެއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އިތުރުން. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ.

މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އޭސީސީ އިން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 3,646,500.00 (ތިންމިލިއަން ހަލައްކަ ސާޅީސްހަހާސް ފައްސަތޭކަ) ރުފިޔާ ހިމެނެއެވެ.

އޭސީސީން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން، ޖުމްލަ 12 މައްސަލަ މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވެއެވެ.

އޭގެތެރެއިން، މިއަހަރުގެ 03 ވަނަ ކުއާޓަރުގައި އަނބުރާ ފޮނުވާފައިވަނީ 03 މައްސަލައެވެ. މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވާ އިސްވެ ދެންނެވުނު 12 މައްސަލައިގެ ތެރެއިން، 06 މައްސަލައަކީ ތަފާތު ސަބަބުތަކަށްޓަކައި ދަޢުވާ ނުކުރުމަށް ނިންމައި އެ އޮފީހުން އަނބުރާ ފޮނުވާފައިވާ މައްސަލައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް