ކ. މާލެ
|
6 ނޮވެންބަރ 2019 | ބުދަ 13:51
މުސްލިމް އަންހެނަކު މޫނު ބުރުގާ އަޅައިގެން
މުސްލިމް އަންހެނަކު މޫނު ބުރުގާ އަޅައިގެން
ރާއްޖެއެމްވީ
ލަންކާގެ ރިޔާސީ އިންތިހާބު
ލަންކާގެ ވޯޓުލާ މަރުކަޒުތަކަށް ވަނުމުގެ ކުރިން މޫނު ފޮތިކޮޅު ނަގަން މަޖުބޫރުކޮށްފި
 
މޫނު ފޮތިކޮޅު ނުނަގާ ފަރާތްތަކަށް ވޯޓެއް ނުލެވޭ
 
ބުރުގާ އަދި ނިގާބް ނަގާކަށް ނުޖެހޭ
 
މޫނު ފޮތިކޮޅު ނަގަން މަޖުބޫރު ކުރަނީ ކާކުކަން ކަށަވަރު ކުރުމަށް

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާން އަންނަ މުސްލިމް އަންހެނުންގެ ތެރެއިން މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ފޮތިކޮޅު ނަގަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މަޖުބޫރުކޮށްފިއެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ލަންކާގެ ކޮމިޝަނަރ ޖެނެރަލް ސަމަން ސްރީ ރަތްނާޔަކެ ވިދާޅުވީ މިހެން ކަންކުރަން މަޖުބޫރު ކުރީ ވޯޓު ލާން އަންނަ ފަރާތްތަކަކީ ކާކުކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. އަދި ކާކުކަން ކަށަވަރު ނުވާހާ ހިނދަކު ވޯޓު ލާން ފުރުސަތު ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫނު ބުރުގާގެ ފޮތިކޮޅު ނަަގަން ޖެހުނަސް، ބުރުގާ އަދި ނިގާބް ނަގަން ނުޖެހޭނެ ކަމަށް ރަތްނަޔަކެ ވިދާޅުވިއެވެ. އެއީ އެ ފަރާތްތަކުގެ ސަގާފަތާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ހުރަސް އަޅަން ބޭނުންފުޅެވެ ނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ތަފާތު އެކި ގޮތް ގޮތުން އަންނަނީ އުނދަގޫތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން މުސްލިމުންނަށް ފުރައްސާރަކުރުމާއި މުސްލިމުންގެ ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ އަމަލުތައް ވަނީ އިތުރުވެފައެވެ.

އެ ހަމަލާތަކަށް ފަހު ލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފައި އޮތުމަށް ފަހު، އަލުން އެ ހުއްދަ ދިނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މޫނު ބުރުގާ އެޅުން މަނާކުރީ ލަންކާގައި އިއުލާން ކުރި ކުއްލި ހާލަތާ އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
25%
13%
50%
0%
0%
ކޮމެންޓް