ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 20:07
ކީލިއަން އެމްބާޕޭ
ކީލިއަން އެމްބާޕޭ
ގޫގުލް
އެމްބާޕޭ
އެމްބާޕޭގެ ކުރިމަގު: ދެން ފެންނާނީ ރެއާލުން
 
އެމްބާޕޭ އަންނަނީ ޕީއެސްޖީ އާއި އެކު މޮޅަށް ކުޅެމުން

ފްރާންސްގެ ފެރިސް ސެއިންޓް ޖާމަން އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ދެން ފެންނާނީ ރެއާލުން ކަމަށް އޭނާގެ ކުރީގެ ކްލަބް މޮނާކޯގެ ރައީސް ވަޑިމް ވަސީލީއެވް ބުނެފިއެވެ.

މޮނާކޯއިން 2017 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭއަށް ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ސްޕެއިންގެ ގަދަ ބާރު ރެއާލުން ވަނީ އެމްބާޕޭ ގަންނަން ގަންނަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރެއާލުން ވަނީ އެމްބާޕޭ ގަތުމަށް ދެ ފަހަރެއްގެ މަތިން ބިޑް ކޮށްފައެވެ. ނަމަވެސް ޕީއެސްޖީގެ ރައީސް ނާސިރު އެލްހެލްލާފީ ވަނީ އެ ޑީލާ ދެކޮޅުހަދައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އަންނަނީ އެމްބާޕޭ ގަތުމަށް ބޮޑު ބިޑެއް ހުށަހެޅުމަށް ރެއާލްގެ ބޯޑުގައި އެދިފައެވެ.

މޮނާކޯގެ ރައީސް ވަސީލިއެވް ބުނީ ކުރިންވެސް އެމްބާޕޭގެ އެންމެ ބޮޑު ހުވަފެނަކީ ރެއާލަށް ކުޅުން ކަމަށާއި އަދިވެސް އެ ހުވަފެން އޭނާ ދެކެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ވަސީލިއެވް ބުނީ އެމްބާޕޭގެ ހިތް އަބަދުވެސް އޮތީ ރެއާލްގައި ކަމަށާއި އޭނާގެ ވިސްނުން ކުރިންވެސް ހުރީ ރެއާލަށް ބަދަލުވާން ކަމަށެވެ. މޮނާކޯގައި އޭނާ ހުރި އިރު އޭނާ އަށް ރެއާލުން ހުށަހެޅުމެއް ލިބުނު ކަމަށް ބުނަމުން ވަސީލިއެވް ބުނީ ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ބަދަލުވާއިރު ބޮޑު ޕްރެޝަރ އަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އޭރު އެ ޕްރެޝާ އެމްބާޕޭ ފަދަ ޒުވާނ ކުޅުންތެރިއަކަށް އާވީ ކަމަށެވެ. ނަމަވެސް މިހާރު އެމްބާޕޭ އަކީ ދުނިޔޭގެ ޗެމްޕިއަނެއް ކަމަށާއި ބޮޑެތި މުބާރާތް ތަކުގައި ތަފާތު ދައްކާ ކުޅުންތެރި އެއް ކަމަށް ވެސް ވަސީލިއެވް ބުންޏެވެ.

ފްރާންސްގެ މޮނާކޯ އިން ކެރިޔަރު ފެށި އެމްބާޕޭ ވަނީ އެޓީމަށް ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ފްރާންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށްފަހު، ލޯން އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 63 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފަ އެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފްރާންސް ޓީމަށް 28 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ފްރާންސްއާއެކު ކާމިޔާބުކުރުމުގެ އިތުރުން އެ މުބާރާތުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް