ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 19:24
ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަންގެ ތެރެއިން
ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަންގެ ތެރެއިން
މުހައްމަދު ޝަރުހާން
ޓްރެވަލް އެވޯޑްސް
ޓްރެވަލް އެވޯޑްސްގެ ގަލާ އެޑިޝަންގެ ނޮމިނޭޝަންސް އިއުލާންކޮށްފި
 
ގަލާ އެޑިޝަންގެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު

މަޓާޓޯއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ޓެރެވަލް އެވޯޑްސްގެ ގަލާ އެޑިޝަންގެ އެވޯޑް ކެޓީގަރީތަކުގެ ނޮމިނޭޝަންސް އިއުލާންކޮށްފިއެވެ.

އެނުއަލް ގަލާ އެޑިޝަންގައި 25 ކެޓަގަރީ ހިމެނޭއިރު އެ ކެޓަގަރީތަކަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އަށްވުރެ ގިނަ ޓްރެވެލް ބްރޭޑް ތަމްސީލު ކުރާ 236 ފަރާތެއް އެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ކަަމަށް މަޓާޓޯ އިން ބުނެއެވެ.

މަޓާޓޯ އިން ވަނީ ގަލާ އެޑިޝަންގެ ނޮމިނޭޝަންތައް އާންމުންގެ ވޯޓަކަށް ހުޅުވާލައިފަ އެވެ. އެ ގޮތުން ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެވޯޑް ލިބޭނެ ފަރާތް ކަނޑައެޅުމުގައި މާކްސް ދިނުމުގައި އާންމުންގެ ވޯޓުން 40 ޕަސެންޓާއި 60 ޕަސެންޓް މާކްސް ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލަކުން ނޯމިނޭޝަންތަކަށް އިންސާފު ކުރާ މާކްސް އިންނެވެ. ގަލާ އެޑިޝަންގެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން އިންތިޒާމް ކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާ އެކު ބާއްވާ އެވޯޑް ހަފުލާއެކެވެ.

މި އެވޯޑުގެ އެޑިޝަންތަކުގެ ތެރޭގައި ގެސްޓްހައުސް އެޑިޝަން، ގާލާ އެޑިޝަން އަދި ޕީޕަލްސް އެޑިޝަން ހިމެނެއެވެ. މިއީ މަޓާޓޯ އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް