ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 19:00
ވިވާން
ވިވާން
ގޫގުލް
ކަސޯޓީ 2
"ކަސޯޓީ" 2ގައި ބަޖާޖުގެ ރޯލުން ދެން ފެންނާނީ ވިވާންތަ؟
 
ވިވާން އަކީ އެކްޓަރެއްގެ އިތުރުން ޓީވީ ހޯސްޓެއް
 
ކަސޯޓީ ދެވަނަ ބައިގެ ގިނަ ކެރެކްޓާ ވަނީ ބަދަލުވެފައި

ސްޓަރ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ކާމިޔާބު ޓީވީ ޝޯވ ކަސޯޓީ ދިންދަގީ ކީ ގެ ދެވަނަ ސީޒަންގައި ބަޖާޖުގެ ރޯލުން ދެން ފެންނާނީ ކުޅަދާނަ އެކްޓަރަ ވިވާން ބަޓޭނީ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

އެ ރޯލުން އޭނާ ފެންނާނެކަން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް ވިވާން އިންސްޓާ ގްރާމްގައި ކުރި ޕޯސްޓަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ބަޖާޖުގެ ރޯލުން ދެން ފެންނާނީ ވިވާން ކަމަށް ގަބޫލުކުރަން ފަށާފައެވެ.

ކަސޯޓީ ދޭއްގައި ކުރިން ބަޖާޖުގެ ރޯލު ކުޅެފައިވަނީ މޮޅު އެކްޓަރު ކަރަން ސިންގް ގްރޯވަރެވެ. އެހެން ނަމަވެސް އޭނާ ވަނީ ކެރެކްޓާ ގެންދާ ގޮތުން ހިތްހަމަނުޖެހިގެން އެ ޝޯވ ދޫކޮށްލާފައެވެ.

ވިވާން ކޮށްފައިވާ ޕޯސްޓު

ވިވާން އަކީ ބޮލީވުޑްގެ ފިލްމު "ހޭޓް ސްޓޯރީ 4" ގެ ލީޑު ރޯލު ކުޅުނު އެކްޓަރުގެ އިތުރުން ޓީވީ ޝޯވތަކެއް ގެނެސްދީފައިވާ މީހެކެވެ.

އެހެން ކަމުން ގިނަ ބަޔަކު މިހާރު ތިބީ ވިވާން ބަޖާޖްގެ ރޯލުން ފެންނާނެ ކަމުގެ އުންމީދުގައެވެ.

ކަސޯޓީގެ ފުރަތަމަ ސީޒަންގެ ކާމިޔާބީ އަށް ފަހު އެކްތާ ކަޕޫރު ކަސޯޓީ ދޭއް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މިފަހަރުގެ ސީޒަންގައި ޕްރޭނާގެ ރޯލުން ފެނިގެންދަނީ އެރިކާ ފެނާންޑޭޒް އެވެ. އަދި އަނޫރާގުގެ ރޯލުން އެކްޓަރު ޕާރްތް ސަމްތާން ފެންނަ އިރު ކޮމަލިކާގެ ރޯލުން ފެނިގެންދިޔައީ "ޔޭ ރިސްކާ ކިޔާ ކެހެލާތާ ހޭ" ޑްރާމާއިން މޮޅު ހުނަރެއް ދެއްކި ހީނާ ޚާން އެވެ. އެހެން ނަމަވެސް ހީނާ ވެސް ވަނީ ބޮލީވުޑުން ފުރުސަތު ލިބެން ފެށުމުން އެ ޝޯ ދޫކޮށްލާފައެވެ. މިހާރު ކަސޯޓީގައި ކޮމަލިކާގެ ރޯލުން ފެންނަނީ ޖޭސްމިން ބާސިން އެވެ.

ކަސޯޓީ 2 ގައި ފެނުނު ހީނާ (ކ) އަދި ފެންނަ އެރިކާ އާއި ސަމްތާން (ވ)

ކަސޯޓީގެ ފުރަތަމަ ސީޒަން ބެލި ވަރަށް މިފަހަރުގެ ސީޒަން ވެސް ބަލާ މީހުން އެހާމެ ގިނަ އެވެ. އެހެން ނަމަވެސް ކެރެކްޓާ ތަކަށް ބަދަލު އަންނަން ފެށުމުން އެ ޝޯ އާ ދޭތެރޭ ގިނަ ބަޔަކު ވަނީ ފޫހިވާން ފަށާފައެވެ. ކަސޯޓީ ބަލަން އެ ގަޑިއަށް ޓީވީ ދަށަށް ޖަމަވާ މީހުން ރާއްޖޭއްގައި ވެސް ގިނަ ކަން ފާހަގަކޮށްކެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް