ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 19:03
ޑޮނާލްޑް ޓްރަމްޕް
ޑޮނާލްޑް ޓްރަމްޕް
ގޫގުލް
ޕެރިސް އެގްރިމެންޓް
ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވަނީ!
 
ޕެރިސް އެގްރިމެންޓުގެ ދަށުން 188 ގައުމަކުން ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރަން އެއްބަސްވެފައިވޭ
 
ޕެރިސް އެގްރިމެންޓުން ވަކިވާން ނިންމުން އެއީ ޓްރަމްޕްގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވައުދެއް

ދުނިޔޭގެ ތިމާވެއްޓާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވާން ނިންމާ އދ އަށް އެކަން ރަސްމީކޮށް އަންގައިފިއެވެ.

ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އެކުލަވާލި އެއްބަސްވުމުން އެމެރިކާ ވަކިވާކަން އަންގެމުން އެ އެއްބަސްވުމުގައި ދެން ތިބޭ ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕެރިސް އެގްރީމެންޓުން ވަކިވާން ނިންމުން އެއީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވަޢުދެއްކަން ފާހަގަކޮށްލެވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި އެމެރިކާ އެ އެއްބަސް ވުމުން ވަކިވާން އދ އަށް އެންގުމުން އެ ޕްރޮސެސް ދެން ފަށާނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަންނަ އަހަރުގެ ނޮވެމްބަރު ހަތަރެއްގެ ފަހުންނެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މީޑިއާތަކަށް ވިދާޅުވެފައިވަނީ ޕެރިސް އެގްރީމެންޓުގެ ސަބަބުން އެމެރިކާ އަށް ބޭއިންސާފުން އިޤްތިސާދީ ބުރައެއް އުފުލަން ޖެހިފައިވާކަމަށެވެ.

ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރަން އެއްބަސްވެފައިވާ ޕެރިސް އެގްރީމެންޓުގައި ދުނިޔޭގެ 188 ޤައުމަކުން ބައިވެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް