ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 19:43
ހިންނަވަރު ފުޓުބޯޅަ ދަނޑު
ހިންނަވަރު ފުޓުބޯޅަ ދަނޑު
ސޯޝަލް މީޑިއާ
ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019
ޅަވިޔަނި ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު!
 
މި މުބާރާތް އިންތިޒާމް ކުރަނީ ހިންނަވަރު އިޖުތިމާއީ މަރުކަޒާއި، ހިންނަވަރު ކައުންސިލް އަދި ހިންނަވަރު ޕޮލިސް ސްޓޭޝަނުން

ހިންނަވަރު އިޖުތިމާއީ މަރުކަޒާއި، ހިންނަވަރު ކައުންސިލް އަދި ހިންނަވަރު ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށް "ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި މުބާރާތަކީ ޅ. އަތޮޅަށް ހުޅުވައިލައިގެން ބޭއްވޭ މުބާރާތެކެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހިންނަވަރު ފުޓްސެލް ދަނޑުގައެވެ.

ހިންނަވަރު އިޖްތިމާއީ މަރުކަޒުން ބުނީ މި މުބާރާތައުގައި ބައިވެރިވުމަށް އެދޭ ފޯރމް 5 ނޮވެމްބަރުން ފެށިގެން ހިންނަވަރު އިޖްތިމާއީ މަރުކަޒުން ލިބެން ހުންނާނެ ކަމަށާއި އަދި ބައިވެރިވުމަށް އެދޭ ފޯމު އަދި ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި އަކީ 11 ނޮވެމްބަރު ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ ޓީމު ލިސްޓުގައި ގިނަވެގެން 10 ކުޅުންތެރިން ޖެހޭ އިރު، މަދުވެގެން ކޮންމެ ޓީމެއްގައި ވެސް 8 ކުޅުންތެރިން ޖަހަން ޖެހެއެވެ. އަދި ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމަށް ހިންނަވަރު އިޖްތިމާއީ މަރުކަޒުން ބުނެއެވެ.

މި މުބާރާތް ފަށާނީ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

ހިންނަވަރުގައި ބޭއްވޭ ފުޓްސެލް މުބާރާތް ތަކުން ޒުވާން ގިނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާއިރު ޅ، އަތޮޅުގެ ރަށްރަށުގެ ޓީމުތަކާއި ރިސޯޓު ތަކުން އަންނަނީ މުބާރާތް ތަކުގައި ބައިވެރިވަމުންނެވެ. އަދި މަޝްހޫރު ގިނަ ކުޅުންތެރިން މުބާރާތް ތަކުގައި ކުޅެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
40%
0%
0%
0%
60%
ކޮމެންޓް