ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 10:41
އެވަޓަން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
އެވަޓަން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ފަހު ވަގުތު އެވަޓަން އިން ޓޮޓެންހަމް ހިފަހައްޓައިފި
 
އެވަޓަން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި ފަހުވަގުތު އެވަރޓަން އިން ޓޮޓެންހަމް ހޮޓްސްޕާ ހިފަހައްޓައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އެވަރޓަން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެވަރޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެވަރޓަންއަށެވެ. އެޓީމުގެ ރިޗަޑްސަން އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން އެވަރޓަންއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، އެޓީމަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެވަރޓަންއިން ރަނގަޅަށް ކުޅެމުން ދަނިކޮށް 63 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ޑެލެއަލީގެ ލަނޑުން ލީޑު ނަގާފައެވެ.

މި ލަނޑާއެކު ޓޮޓެންހަމްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެވަރޓަން ހިފެހެއްޓުމަށް އެޓީމުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ސޮން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. އޭނާ ފައުލްކުރީ އެންޑްރޭ ގޮމޭޒްއަށެވެ.

މެޗުގެ އިތުރުވަގުތުގައި އެވަރޓަންއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮސުންއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 11 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ. އެވަރޓަން އޮތީ ކުޅުނު 11 މެޗުން ލިބުނު 11 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް