އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ހައިލަމް

ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ވާޖަހާ ދަމަމުން!

  • ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ޗެންޗޭން ޖަހައިގެން ދަމާފައި ގެންދާ މަންޒަރު ކުރެހުމުން ފެނޭ
  • 'ނަސްރުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށް' މެސެޖްގައި ހައިލަށް ލިޔުއްވާފައިވޭ
  • ހައިލަމްގެ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުން

ކ. މާލެ | 4 ނޮވެންބަރ 2019 | ހޯމަ 05:29 | 137,386

ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫއްޕުގައި ނަސްރުގެ ދުވަހުގެ ތަހުނިޔާއެކު ޝެއާކުރި ކުރެހުން - ޓްވިޓަރ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމަކާއެކުކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ހައިލަމް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބަރ ގްރޫޕެއްގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާއެކު ޝެއަރކުރި ކުރެހުމަކުންނެވެ. މި ކުރެހުމުން ފެންނަނީ ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ބަޑިއަކާއެކު ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާއި އަދި ބައެއް އެހެން މީހުންގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ޗެންޗޭނު ޖަހައިގެން ދަމާފައި ގެންދާ މަންޒަރެވެ. އަދި މި ކުރެހުމުގައި ރައީސް ނަޝީދާއި, ރައީސް ސޯލިހުގެ އަތުގައި ވަނީ ބިޑި އަޅުވާފައެވެ.

އެ ކުރެހުމުގެ މަތީގައި ލިޔެފައިވަނީ 'އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު' އެވެ.

މިކަމާއި ގުޅޭގޮތުން ގާޒީ ހައިލަމްގެ ބަހެއް އަދި ލިބޭގޮތްވެފައެއް ނުވެ އެވެ.

ހައިލަމް އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެއިރު ސަރުކާރުގެ އިސްވެރިން ވިދާޅުވި ގޮތަކަށް ހުކުމް ނެރުއްވަމުން ގެންދެވި ބޭފުޅެއްކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތު ކުރައްވަމުން ގެންދެވި ފަރާތެކެވެ.

މީގެ އިތުރުން ހައިލަމާ ގުޅޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިކަން އެ ކޮމިޝަނުން ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބުނެފައެވެ. ހައިލަމްގެ މައްސަލަ ބެލުމަށް ނިންމާފައިވީ ނަމަވެސް، އެ ކޮމިޝަނުން ބަލަން ނިންމާފައިވަނީ ހައިލަމްގެ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހައިލަމްގެ މައްސަލައެއް ބަލަމުންދާކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާކަމަށް ވެސް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ހައިލަމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައި މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ގާޒީ ހައިލަމް ބައްލަވާއިރު، އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.