ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކަޝްމީރު

ކަޝްމީރުގެ ޙާލަތު ރަނގަޅެއްނޫން، ޙާލަތު ބަދަލުކުރަންޖެހޭ

  • އެންޖެލާ މާރކެލް މިހެން ވިދާޅުވީ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކ. މާލެ | 4 ނޮވެންބަރ 2019 | ހޯމަ 04:32 | 3,372

އިންޑިއާގެ ބޮޑުވަޒީރު (ކ) ޖަރުމަނު ޗާންސެލާ (ވ) - އިންޑިއާ ޓައިމްސް

އިންޑިއާއިން ކޮންޓްރޯލްކުރަމުންދާ ކަޝްމީރާއި ވީފަޅިގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ޙާލަތު ރަނގަޅު ނޫން ކަމަށާއި، އެމީހުންގެ ޙާލަތު ބަދަލުކުރަންޖެހޭ ކަމަށް ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލާ މާރކެލް ވިދާޅުވެއްޖެއެވެ.

އެންގެލާ މާރކެލް މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެންގެލާ ވިދާޅުވީ ކަޝްމީރުގެ ރައްޔިތުން ވޭތުކުރަމުންދަނީ ދަތި އުނދަގޫ ދިރިއުޅުމެއް ކަމަށާއި، އެހެންކަމުން އެ ޙާލަތު ބަދަލުކުރަންޖެހޭ ކަމަށެވެ.

އެންގެލާ މާރކެލް އިތުރަށް ވިދާޅުވީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ވިސްނުން އެނގިވަޑައިގަންނަވާ ކަމަށާއި، މި މައްސަލަ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި އަލި އަޅުއްވައިލައްވާނެ ކަމަށެވެ. އަދި ޙާލަތު ރަނގަޅު ކުރުމަށް ބޮޑުވަޒީރު މޯދީ އަޅުއްވާނެ ފިޔަވަޅު ބައްލަވާނެކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރަމުންދާ ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ރޫޅައިލައި، އިންޑިއާ ސަރުކާރުން ވަނީ އިދާރީ ދެ ޞަރަޙައްދު ޤާއިމުކޮށް އާ މެޕް މުޅި ދުނިޔެއަށް ޙިއްސާކޮށްފައެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް އެޤައުމުގެ ޤާނޫނު އަސާސީގައި ދީފައިވާ ޚާއްޞަ އިމްތިޔާޒުތައް ދިނުމަށް އޮންނަ 370 ވަނަ މާއްދާ އިސްލާޙުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

އެމާއްދާގައި ކަޝްމީރަށް ވަކި ޚާއްސަ ދިދައަކާއި ވަކި ޤާނޫނު ހެދުމުގެ އިޚްތިޔާރު ދީފައި އޮތް ނަމަވެސް އެމާއްދާ އިސްލާޙު ކުރުމާއި ގުޅިގެން އެ ބާރު މިހާރު އޮތީ އިންޑިއާ މައި ސަރުކާރަށެވެ. އިސްލާޙު ގެނައުމުގެ ކުރިން އިންޑިއާއިން ވަނީ ކަޝްމީރަށް އެތައް ހާސް ސިފައިން ފޮނުވައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.