ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ލުއި ޚަބަރު - ރާދޭ ފިލްމު

''ރާދޭ''ގެ ޝޫޓިން ފަށައިފި

  • ރާދޭއަކީ ކޮރެޔާ ފިލްމެއްގެ ކޮޕީއެއް

އަލީ ސަމާޚް
AliSamah8

ކ. މާލެ 3 ނޮވެންބަރު 2019 | އާދީއްތަ 20:51 2,526

ރާދޭގެ ކާސްޓުން - އިންސްޓަގްރާމް

އަންނަ އަހަރުގެ ބޮޑު އީދުގައި ނެރެން ހަމަޖެހިފައިވާ ''ރާދޭ'' ގެ ޝޫޓިން ހުކުރު ދުވަހު ފަށައިފިއެވެ. ފިލްމުގެ ޝޫޓިން ފެށިކަން އިއުލާން ކުރީ ފިލްމުގެ ބަތަލް ސަލްމާންހާންގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.

އެ ފިލްމުވެސް ޑައިރެކްޓް ކުރާނީ ސަލްމާންގެ ދަބަންގް ވެސް ޑައިރެކްޓް ކޮށްފައިވާ ޕްރަބޫ ދޭވާއެވެ. ފިލްމުގައި ރަންދީޕް ހޫދާ، ޖެކީ ޝްރޯފްގެ އިތުރުން ދީޝާ ޕަޓާނީ ފެނިގެންދާނެއެވެ. ސުހައިލް ޚާން ޕްރޮޑަކްޝަނާއި ރީލް ލައިފް ޕްރޮޑަކްޝަން ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމަކީ ސަލްމާން ޚާން ފިލްމްސްގެ ބެނަރގެ ދަށުން އުފައްދާ ފިލްމެކެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ފިލްމަކީ ކޮރެޔާ ފިލްމެއްގެ ކޮޕީއެކެވެ. އެހެން ނަމަވެސް ފިލްމު އުފެއްދި ފަރާތުން ބޭނުންވަނީ ފިލްމުގެ އަސްލު ނަން ސިއްރު ކުރާށެވެ. ކޮރެއާ ފިލްމުގެ ރައިޓްސް މިހާރު ވަނީ ގަނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް