ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 19:32
އެމްސީއެސް އޮކެސްޓްރާ ކްރޫޒް ލައިނަރގެ ރިސެޕްޝަން އޭރިއާ
އެމްސީއެސް އޮކެސްޓްރާ ކްރޫޒް ލައިނަރގެ ރިސެޕްޝަން އޭރިއާ
ސިމާހާ ނަސީމް
އެމްއެސް އެމްސީއެސް ކްރޫޒް ލައިނަރ
އެމްއެސް އެމްސީއެސް އޮކެސްޓްރާ ކްރޫޒް ލައިނަރ ރާއްޖެއިން ފުރައިފި
 
މި ކްރޫޒް ލައިނަރ އެކި ޤައުމުތަކަށް އެއްމަސް ދުވަސްވަންދެން ދަތުރުކުރާނެ
 
މި ކްރޫޒް ލައިނަރގައި ޖުމްލަ 16 ފަންގިފިލާ ހުންނައިރު 1,275 ކެބިން ހުރޭ
 
މި ކްރޫޒް މެދުވެރިކޮށް 2550 ގެސްޓުން ރާއްޖެ އައިސްފައިވޭ

މަޝްހޫރު އޮކެސްޓްރަރ ކްރޫޒް ލައިނަރ އެމްއެސް އެމްސީއެސް ރާއްޖެ ކުރި 12 ގަޑިއިރުގެ ދަތުރު ނިންމާލައިފިއެވެ.

އޮމާނުން ރާއްޖެ އައި ކްރޫޒް ލައިނަރ ރާއްޖެއިން މިޞްރާބުޖެހީ ސީޝެލްސްއަށެވެ. މި ދަތުރުގައި ކްރޫޒް ލައިނަރ އެކި ޤައުމުތަކަށް އެއްމަސް ދުވަސްވަންދެން ދަތުރުކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 06:00 ޖެހިއިރު ރާއްޖޭގައި ބަނދަރުކުރި މި ކްރޫޒްލައިނަރ ފުރާފައިވަނީ މިއަދު އިރުއޮއްސި 06:00 ޖެހިއިރުއެވެ. ރާއްޖެ އައިއިރު މީގައި 2550 ފަތުުރުވެރިން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. މީގައި ތިބި ފަތުރުވެރިން މާލެ ފައިބާ ގެސްޓް ޝޮޕްތަކަށާއި މާލޭގެ މަޝްހޫރު ފަތުުރުވެރި މަންޒިލްތަކަށް ޒިޔާރަތްކުރިއެވެ.

ޖުމްލަ 16 ފަންގިފިލާ ފަރުމާކޮށްފައިވާ މި ކްރޫޒްލައިނަރގައި 1,275 ކެބިން ހުރެއެވެ. ބައެއް ކެބިންތަކަށް ދެ ބަންކްގެ އެނދަށް ބަދަލުކުރުމާއި ގުޅިގެން މިހާރު 3200 ފަސިންޖަރުންގެ ޖާގަ ލިބެން ހުންނާނެއެވެ. ކްރޫޒް ލައިނަރ އިން އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ކްރޫޒް ލައިނަރގައި ހުރި އާރޓް ގެލަރީއެވެ. މި ގެލަރީން ވަރަށް ފުރިހަމަ އަދި އެހާމެ ރީތި ފޮޓޯތައް ފެނިގެންދިޔައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މި ދަތުުރު އިންތިޒާމު ކުރި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންސީ (މާޔާ) ގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު އަލީ (ބަނީ) ވިދާޅުވީ ޕެސެންޖަރ ލައިނެއް ރާއްޖެ ވަދެ އޮންނައިރު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ މާޔާ އިން ކަމަށެވެ. އެގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތަކާއި އެ އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް މާޔާގެ ޒިންމާއެއް ކަމަށެވެ.

އެމްއެސްސީ ކްރޫޒް ލައިނަރ އަކީ ސުވިޓްޒަލޭންޑްގައި ރަޖިސްޓްރީކޮށްފައިވާ ކްރޫޒް ލައިނަރއަކަށްވާއިރު އެ ކްރޫޒް ލައިނަރގެ 23،500 މުވައްޒަފުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރެއެވެ.

ޢާންމު ގޮތެއްގައި ކްރޫޒް ލައިނަރއެއް ރާއްޖޭގައި މަޑުކުރަނީ ގިނަވެގެން 3 ދުވަހުގެ މުއްދަތަކަށެވެ. މިގޮތަށް ކްރޫޒް ލައިނަރތައް މަޑުކުރާއިރު އޭގެން ފައިބާ ފަސިންޖަރުން އެކި ގެސްޓް ޝިޮޕްތަކަށާއި ރާއްޖޭގެ ކައިރި ރަށްތަކަށް އަދި ރިސޯޓުތަކަށް ދަތުރުކުރެއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އަށް ރަނގަޅު އަސަރެއް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
0%
0%
50%
ކޮމެންޓް