ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - ކަކުލު ހުޅު އޮޕަރޭޝަން

އައިޖީއެމްއެޗުން، ހިލޭ ކަކުލުހުޅު ބަދަލުކުރުމުގެ 100 ވަނަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

  • މިއީ އާސަންދައިން ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމެއް
  • ޓްރީޓޮޕް، މެޑިކާ އަދި އައިޖީއެމްއެޗުން މި އޮޕަރޭޝަން ކުރެވޭ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 3 ނޮވެންބަރު 2019 | އާދީއްތަ 19:46 4,365

100 ވަނަ އަށް ކަކުލުހުޅު ބަދަލުކުރި މީހާއާއި ނައިބުރައީސް ބައްދަލުކުރައްވަނީ -

އާސަންދައިގެ ހިލޭ އެހީގެ ދަށުން، ކަކުލުހުޅު ބަދަލުކުރުމަށް ކުރި 100 ވަނަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗުން) ބުނީ އާސަންދަ ސްކީމްގެދަށުން ހިލޭ ކަކުލުހުޅު ބަދަލު ކުރުމަށް ކުރާ އޮޕަރޭޝަންކުގެ ތެރެއިން 100 ވަނަ އޮޕަރޭޝަން ކުރީ އާދީއްތަ ދުވަހުކަމަށެވެ.

މި އޮޕަރޭޝަން ކުރެއްވީ ޑރ.ހުސެން ފައިސަލްއާއި ޑރ. އިސްމާއިލް ޒާހިރު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ހުޅު ބަދަލުކުރި ބަލިމީހާގެ ޙާލަތު ރަނގަޅުކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

100 ވަނަ އޮޕަރޭޝަން ކުރި މީހާގެ ޙާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ބައްލަވާލައްވާ ބަލިމީހާއަށް ހެޔޮ ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ މި އޮޕަރޭޝަންގައި ޙަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

"ޓޯޓަލް ނީ ރިޕްލޭސްމަންޓް ސަރޖަރީ" (ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން) މަޝްރޫޢަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތް އަވަސްކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން، އާސަންދައިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އައިޖީއެމްއެޗާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، މެޑިކާއިން މި އޮޕަރޭޝަން ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް