ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ދުނިޔެ - ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާ

ޤަވާއިދާއި ޚިލާފަށް ލަންކާ ކަނޑުގެ ޞަރަޙައްދަށް ވަދެއުޅުނު އިންޑިއާ މަސްވެރިންތަކެއް ހައްޔަރުކޮށްފި

  • އިންޑިއާ 10 މަސްވެރިން އަތުލައިގަތީ ސްރީލަންކާ ހުޅަނގު އުތުރު ކަނޑުގެ ޞަރަޙައްދުން
  • ސްރީލަންކާ ސިފައިން ހިންގި އޮޕަރޭޝަނުގައި އިންޑިއާ މަސްވެރި ދެއުޅަނދެއްވެސް އަތުލައިގަތް

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 3 ނޮވެންބަރު 2019 | އާދީއްތަ 15:54 3,458

ސްރީލަންކާ ކަނޑުގެ ޞަރަހައްދުން ހިފެހެއްޓި ސްރީލަންކާ މަސްވެރި އުޅަނދު - ކޮލޮމްބޯ ގެޒެޓް

ސްރީލަންކާގެ ކަނޑުގެ ޞަރަޙައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު އިންޑިއާގެ 10 މަސްވެރިއަކު ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފިއެވެ.

ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާއާއި ޙަވާލާދީ ސްރީލަންކާ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އިންޓަރނޭޝަނަލް މެރިޓައިމް ބައުންޑަރީ ނުވަތަ ބައިނަލް އަޤުވާމީ ޤާނޫނުތަކުން ސްރީލަންކާގެ ކަނޑުގެ ޞަރަޙައްދުގެގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދަށް ވަދެ އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެކުނު ޓެމިލްނާޑޫ ސްޓޭޓަށް ނިޞްބަތްވާ މަސްވެރިންނެވެ.

ސްރީލަންކާގެ ނޮދަން ނޭވަލް ކޮމާންޑަށް ލިބުނު މަޢުލޫމާތުގެ އަލީގައި އެޤައުމުގެ ކޯސްޓްގާޑުން ޕެޓްރޯލް ކުރަމުންދަނިކޮށް އިންޑިއާގެ 10 މަސްވެރިންނާއި މަސްވެެރި ދެއުޅަނދެއް އަތުލައިގަތީ ސްރީލަންކާގެ ހުޅަނގު އުތުރު ކަނޑުގެ ޞަރަޙައްދުން، ޑެލްފްތް އައިލޭންޑް ކައިރިންނެވެ.

ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ތިބި އިންޑިއާ މަސްވެރިން، އެމީހުންގެ ޞިއްހީގޮތުން ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށްފަހު ސްރީލަންކާގެ ޖަފްނާގެ މަސްވެރިކަމާބެހޭ އިދާރާއާއި ޙަވާލުކުރާނެކަމަށް ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް