ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 08:26
މާލީގައި ސިފައިން ހަރަކާތްތެރިވަނީ
މާލީގައި ސިފައިން ހަރަކާތްތެރިވަނީ
ގޫގުލް
ހަމަލާ
މާލީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ސިފައިން މަރުވެއްޖެ
 
މިހާތަނަށް 54 މީހަކު މަރުވެފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައި

މާލީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ސިފައިން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހައްދުފަހަނަޅާފައިވާ ވިސްނުމުގެ މީހަކު ދިން މި ޖާނުން ފިދާވުމުގެ ހަމަލާގައި މިހާތަނަށް ސިފައިންގެ 53 މީހުން މަރުވެ އާންމު ރައްޔިތު މީހެއް ވެސް މަރުވެފައިވާކަމަށެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ ހަމަލާ ދީފައިވަނި ނޯތް އީސްޓް ސައިޑްގައިވާ އެ ގައުމުގެ ސިފައިންގެ މަރުކަޒަކަށެވެ.

އެންމެ ފުރަތަމަ ކަމާބެހޭ އިދާރާތަކުން މި ހާދިސާ ރިޕޯޓު ކުރި އިރު، އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު މަދުކޮށް މީޑިއާ އަށް ހާމަކުރި ނަމަވެސް ފަހުން ބެލި ބެލުމަށް މިހާތަނަށް 54 އެތަށް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ވަނި ހާމަކޮށްފައެވެ. މިއީ އެފްރިކާ ބައްރުގެ ދެކުނުގައި އޮންނަ މާލީގެ ތާރީހުގައިވެސް ދިން އެންމެ ނުރައްކަތެރި އެއް ހާދިސާއަށް މި ހާދިސާ ވެގެންދާނެކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓުކުރެއެވެ،

އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ކޮންބައެއްކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހަތިޔާރާއެކު ތިބި ބަޔަކު މި ހަމަލާ ދީފައިވަނީ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެއްވެސް ޓެރަރިސްޓް ޖަމާއަތަކުން މި ހާދިސާގެ މޭސްތިރިއަކީ އެ ފަރާތްތަކުންކަމެއް ބުނެފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް