ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 21:26
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމދު ނަޝީދު ރޯވިންގައި ބައިވެރިވެ ވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ރޯވިން
އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް އިންޓަރ ސްކޫލް ރޯވިން ބީޗް ސްޕްރިންޓް ބާއްވައިފި
 
އެއްވަނަ އަށް ގޮސްފައިވަނީ ހިތަދޫ ސްކޫލް
 
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 31 އޮކްޓޯބަރ އިން 1 ނޮވެމްބަރުގެ ނިޔަލަށް

ރޯވިން އެސޯސިއޭޝަންގެ ފަރާތުންގެ އައްޑޫ އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް އިންޓަރ ސްކޫލް ރޯވިން ބީޗް ސްޕްރިންޓް 2019 ބާއްވައިފިއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 31 އިން ނޮވެމްބަރު 1 ގެ ނިޔަލަށް އައްޑޫ ސީޓީގައި ކުރިއަށް ދިޔަ މި މުބާރާތުގައި އައްޑޫސިޓީގެ ހަތަރު ސްކޫލަކުން ޖުމްލަ 83 ދަރިވަރުން ވަނި ބައިވެރިވެފައެވެ.

މި މުބާރާތާއި ގުޅޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބް ވިދާޅުވީ މިއީ ވަރަށް ތާރީޚީ ކަމެއް ކަމަށާއި މުޅި ދުނިޔޭގައި އަލަށް ތަޢާރަފްވާ ކޯސްޓާ ބީޗް ސްޕްރިންޓް އަލަށް ރާއްޖެ އަށް ތަޢާރަފްވެގެން ދިޔަ ކަމަށެވެ.

ރޯވިން އެސޯސިއޭޝަން އުފެދިގެން މިހިސާބަށް އައިއިރު ކުދިކުދި ރޭސްތައް ކުދިންގެ މެދުގައި ފެސްޓިވަލް ގޮތަށް ދިޔަ ކަމަށާއި ނަމަވެސް މިފަދަ މުބާރާތެއް ބެއްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުއްމީދަކީ ކުޅިވަރު ކުރިއެރުވުމަށް ހިންގާ މި ފަދަ ހަރަކާތްތަތަކުގައި ހުރިހާ މުއައްސަސާތަކުގެ ބައިވެރިވުން ލިބިގެން ދިއުން ކަމަށް ހަބީބު ވިދާޅުވިއެވެ.

ކެޓަގަރީތައް ކަނޑައަޅާފައިވަނީ ސިންގަލްސް ސްކަރ އަންހެން ފިރިހެން، ޑަބަލްސް ސްކާރ އަންހެން ފިރިހެން، މިކްސް ޑަބަލްސް އަދި ހުރިހާ ކުދިންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދިއުމަށް ވަންކޭ ޗެލެންޖްއެވެ.

މުބަރާތުގެ އެއްވަނަ އަށް ގޮސްފައިވަނީ ހިތަދޫ ސްކޫލެވެ. ދެވަނަ އަށް ޝަރަފުއްދީން ސްކޫލް ދިޔައިރު ތިންވަނައަށް ގޮސްފައިވަނީ ފޭދޫ ސްކޫލެވެ.

ކުޑަ ބަޖެޓަކުން ކުރިއަށް ގެންދިޔަ މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އެމްޓީސީސީ، މިފްކޯ އެމްޑަބްލިޔުސްއެސްސީ، އެސްޓީއޯ އަދި ދިރާގެވެ.

މި ރަސްމިއްޔާތު ނިންމުގެ ހަރަކާތުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ރޯވިންގައި ވެސް ރައީސް ނަޝީދާއި އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ބައިވެރިވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް