ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 19:33
އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ޓީމް ތަކުގެ ކުޅުންތެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ
ރާއްޖެއެމްވީ
ފުޓްސެލް
އެފް އާރު ސީ ޒޯން ފުޓްސެލް މުބާރާތް ފަށައިފި
 
މުބާރާތުގައި 7 ޓީމުން ވަނީ ބައިވެރިވެފައި

އެފް އާރު ސީ ޒޯން ފުޓްސަލް 2019 މުބާރާތް އައްޑޫ ސިޓީގައި ފަށައިފިއެވެ.

ހިތަދޫ ޔޫތް ސްޓޭޑިއަމްގައި ކުރިއަށްދާ މި މިބާރާތް ހޮނިހިރު ދުވަހު ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ މަރަދޫފޭދޫގެ 2 ޓީމަކާއި، ހިތަދޫގެ 2 ޓީމަކާއި، ފުވައްމލަކުގެ 2 ޓީމަކާއި އަދި ހުޅުމީދޫގެ 1 ޓީމެކެވެ. ގްރޫޕް ސްޓޭޖްގެ މެޗަތަކާއި ސެމީގެ މެޗްތައް މިރޭ 12:00 ޢާއި ހަމައަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިންލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑްލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަންރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް އަދި ފެއަރ ޕްލޭ ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތާޢި ގުޅޭ ގޮތުން ރާއްޖޭ އެމްވީއަށް މައުލޫމާތު ދެއްވަމުން ފެނަކަ ރިކްރިއޭޝާން ކްލަބްގެ ރައީސް ނިއުޝަދު ތައުފީގް ވިދާޅުވީ ފެނަކަ ބްރާންޗްގެ މުވައްޒަފުންގެ މެދުގައި ޒޯން އުސޫލުން ކުޅޭ މި މުބާރާތުގެ ފުރަތަމަ ޒޯން ގައި ބައިވެރިވެފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ކަމަށެވެ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ މުވައްޒަފުންގެ މެދުގައި ގުޅުން ވަރުގަދަ ކޮށް ދުޅަހެޔޮ ސިއްޚަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ މުބާތާތެއް ކަމަށް ނިއުޝާދު ވިދާޅުވިއެވެ. އަދި މި މުބާރާތަކީ ފެނަކައިގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދުގެ އެދިލެއވުމަށް އެމްޑީގެ ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ބާއްވާ މުބާރާތެއް ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
100%
0%
ކޮމެންޓް