ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 19:31
ޓީމް ނިޒާމް
ޓީމް ނިޒާމް
ސޯޝަލް މީޑިއާ
ކޯޗު ނިޒާމްބެ
ނިޒާމްބެގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މެޗެއް ކުޅެފި
 
ޓީސީ އާއެކު ނިޒާމްބެ ވަނީ ބަންގްލަދޭޝްގައި ބޭއްވި މުބާރާތެއް ޓީސީ އާއި އެކު ކާމިޔާބުކޮށްފަ
 
ނިޒާމްބެ ވަނީ ޓީސީ އާއި އެކު ގިނަ ކާމިޔާބީ ތަކެއ ހޯދައިފަ

މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މެޗެއް ކުޅެފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗުގައި ވާދަކޮށްފައިވަނީ ޓީމް ނިޒާމްބެ އަދި އެމްއެސް މޭޓްސް އެވެ. މި މެޗު 2-1 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ އެމްއެސް މޭޓްސްއިންނެވެ.

ގައުމީ 16 އަހަރުންދަށުގެ ކޯޗު ނިޒާމްބެ ވަނީ ބަންގްލަދޭޝް ޕްރިމިއާ ލީގު ކްލަބަކާއި ހަވާލުވާން ނިންމައިފައެވެ.

މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ މަތީ ފަންތީގެ ލީގެއްގައި ކޯޗުކަން ކޮށްދޭ ފުރަތަމަ ފަހަރަށްވާއިރު، ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނެގީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގައި ބައިވެރިވެގެންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ މި ފުރުސަތު ލިބުމުން އެންމެ ބޮޑަށް އުފާވަނީ ދިވެހި ކޯޗުންނަށް މި ކަމުގެ ސަބަބުން ރީތި ނަން ލިބިގެންދާތީ ކަމަށާއި، އަދި ދިވެހި ކޯޗުންނަށް މި ފުރުސަތުގެ ސަބަބުން ރާއްޖެއިން ބޭރުގައި މަސައްކަތް ކުރުމުގެ ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.

ހަގީގަތުގައި އެންމެ ބޮޑަށް އުފާވަނީ މިއީ ދިވެހި ފުޓުބޯޅައަށް، ދިވެހި ކުޅުންތެރިންނަށް، ދިވެހި ކޯޗުންނަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއް ކަމަށް މިބަލަނީ. ދެން މީގެ މީ އެކޮޅުގައި މި ކުރާ މަސައްކަތުގެ ކާމިޔާބީ އަކީ އެއީ ދިވެހި ކޯޗުންގެ މައްޗަށް ބޭރު ލީގުތަކުގެ އޮންނަ ލިބިގެންދާނެ ބޮޑު އިތުބާރެއްކަމަށެވ
މުހައްމަދު ނިޒާމް

ބަންގްލަދޭޝް ޕްރިމިއާ ލީގުގެ އިތުރު ދެ ކްލަބަކުން ފުރުސަތު ލިބުނުކަން ފާހަގަ ކުރަމުން ނިޒާމްބެ ބުނީ ސައިފް ސްޕޯޓިންގ ކްލަބާއި ހަވާލުވާން ނިންމީ އެ ކްލަބްގެ ފައިނޭންޝިއަލް ސްޓްރެންތަށާއި، އެ ކްލަބުން ފުޓުބޯޅައިގައި ކުރިޔަށް ކުރަން ނިންމައިފައިވާ ކަންކަން ބެލުމަށްފަހު ކަމަށާއި އަދި މި ނިންމުން ނިންމީ ލީގުގެ ދިގުމިނާއި، ވާދަވެރިކަމަށް ބެލުމަށް ފަހު ނިންމި ނިންމުމެއް ކަން ނިޒާމްބެ ވަނީ ފާހަގަ ކޮށްފައެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަން ވެސް ކުރި ނިޒާމްބެ އިތުރަށް ބުނީ މިދިޔަ އަހަރުގެ ދިވެހި ލީގު ކާމިޔާބު ކުރުމަށްފަހު ދެން އެންމެ ބޭނުންވީ އާ ތަޖުރިބާއެއް ކުރުމަށް ކަމަށާއި އެގޮތުން ބޭރު ލީގެއްގެ ކޯޗު ކަން ކުރަން ބޭނުންވި ކަމަށް ނިޒާމްބެ ބުންޏެވެ. އެގޮތުން އެންމެ އުންމީދު ކުރީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ކްލަބަކުން އެފުރުސަތު ލިބޭނެ ކަން ފާހަގަ ކުރަމުން ނިޒާމްބެ ބުނީ އެގޮތަށް ވިސްނީ ބަންގްލަދޭޝްގެ ވަރުގަދަ ކްލަބްތަކާއި ވާދަކޮށް ބޮޑު މުބާރާތެއް ޓީސީ އާއި އެކު ކާމިޔާބު ކުރެވިފައިވާތީ ކަމަށެވެ.

ނިޒާމްބެ އާއި ކެޕްޓަން ބޭންޑް ހަވާލުކުރަނީ

ނިޒާމްބެ އިތުރަށް ބުނީ މި ފުރުސަތު ނިޒާމްބެ އަށް ލިބުނީ ޔޫރަޕްގެ ތިން ކޯޗުންނާއި ވާދަކޮށް ކަމަށާއި އެހެން ކަމުން މި ކާމިޔާބީ އަކީ ވަރަށް ވެސް ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

ފާއިތުވި ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުކަން ހޯދާފައިވާ ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ ސީޒަނުގައި ޓީސީން ވަނީ ދިވެހި ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރު އެފްއޭކަޕްގެ ދެވަނަ ހޯދާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ އެއް ފަހަރު ހޯދާފައި ވެއެވެ.

ސައިފްއާ މިދިޔަ އަހަރު ހަވާލުވެގެން ހުރީ އިންގްލޭންޑްގެ ސްޓެވާޓް ހޯލްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައިފް މިދިޔަ ސީޒަން ނިންމާލީ ހަތަރު ވަނައިގައެވެ. މިއަހަރުގެ ލީގު ފަށާނީ ޑިސެމްބަރ މަހުއެވެ.

ބަންގްލަދޭޝް ލީގުގައި 12 ކްލަބް ވާދަކުރާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ބަޝުންދުރަ ކިންގްސްއެވެ. އެޓީމުގެ ކޯޗަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުރިން ހަވާލުވެގެން ހުރި ސްޕެއިންގެ އޮސްކާ ބްރުޒޮންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް