އަންގާރަ 12 ނޮވެންބަރު 2019
12 ވިހާ
1441 ރަބީއުލް އައްވަލް 15
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:13
މަޣްރިބް 17:50
އިޝާ 19:05
ލުއި ޚަބަރު - ފިލްމު އެވޯޑްސް

ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް ނޮވެމްބަރ 10 ގައި އިއުލާންކުރަނީ

  • ފިލްމު އެވޯޑްސްގައި 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު ބައިވެެރިކުރި
  • ފިލްމު އެވޯޑަށް ޖަޖުން ވަނީ މާކްސްދީފަ، ޖަޖިން ދިޔަ ގޮތް އަދި ހިއްސާކުރާނެ

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 2 ނޮވެންބަރު 2019 | ހޮނިހިރު 16:36 1,711

ނޫސްވެރިންނަށް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން - ރާއްޖެއެމްވީ

މި މަހުގެ ފަނަރަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ނުވަވަނަ ގައުމީ ފިލްމު އެވޯޑްސްގައި މި އަހަރު އެވޯޑް ދޭން ނިންމާފައިވާ ކެޓެގަރީތަކުގެ ނޮމިނޭޝަންތައް ނޮވެމްބަރ 10 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.

ފިލްމު އެވޯޑްސް އާއި ބެހޭގޮތުން މީޑިއާ ތަކަށް މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޓްސް އެންޑް ކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ވަލީދު ވިދާޅުވީ، މި އަހަރުގެ ފިލްމު އެވޯޑްސްއަށް 12 ފީޗާ ފިލްމުގެ އިތުރުން އެއް ކުރު ފިލްމު ހުށަހަޅާފައިވާ ކަމަށެވެ.

ވަލީދާ އިތުރަށް ވިދާޅުވީ، އެ އެވޯޑަށް ކުރިމަތިލާން ހުޅުވާލީ އެވޯޑުގެ އުސޫލަށް ބަދަލުގެނައުމަށް ފަހުގައި ކަމަށާއި ފިލްމު އެވޯޑްސް އަށް ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލެވުނު ކަމަށެވެ. އަދި އެ ކޮމިޓީގެ ތެރެއިން ފިލްމުތަކަށް ޖަޖް ކުރުން ވެސް ކުރިޔަށް ދިޔަ ކަމަށް ވެސް ވަލީދާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ ނޮވެމްބަރު 15ގައި މި އެވޯޑު ބާއްވަން. ކުރީގެ އުސޫލު އޮތް ގޮތުން އަޅުގަނޑުމެންނަށް މިފަހަރު ވެސް އެވޯޑެއް ނުބޭއްވޭ. އެހެންވީމާ އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ބެލީ އެވޯޑުގެ އުސޫލު ބަދަލުކުރަން ކޮމިޓީއެއް ނަގަން. ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލީ މި ދާއިރާގެ ފުންނާބު އުސް ބޭފުޅުން ހިމަނައިގެން. ޓެކްނިކަލް ކޮމިޓީ އެކުލަވާލައި، އެ ކޮމިޓީން އުސޫލު ކަނޑައެޅުމަށްފަހު އެބޭފުޅުން އެންސީއޭގެ މަޝްވަރާގެ މަތިން ޖަޖުން ނެގީ

~ ވަލީދާ ވިދާޅުވިއެވެ.

ނޫސްވެރިންނަށް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ނުވަވަނަ ފިލްމު އެވޯޑްސް ހަފްލާގައި އެވޯޑް ދިނުމުގައި ފިލްމުތަކަށް އިންސާފު ކުރަން މި އަހަރު ހަތް ފަންޑިޔާރުން ތިބޭ ޕެނަލެއް އެކުލަވާލާފައި ވެއެވެ. ޕެނަލްގައި ހިމެނެނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

ވަލީދާ ވިދާޅުވީ ފަންނާނުންނަށް މިއަހަރު މާގިނަ ކަންތައްތަކެއް ކުރެވިގެން ނުދިޔަ ނަމަވެސް، އަންނަ އަހަރުން ފެށިގެން ގިނަ ކަންތައްތަކެއް ރޭވުމަށް މިނިސްޓްރީންނާއި މިނިސްޓަރު ޔުމްނާ މައުމޫން ވެސް އުންމީދުކުރައްވާ ކަމަށެވެ

އަޅުގަނޑުމެން އަދި މިނިސްޓަރުގެ ވެސް ވަރަށް ބޮޑު އުންމީދެއް، އަންނަ އަހަރު އެންސީއޭގެ ފަރާތުން ފަންނާނުންނަށް ޓްރެއިނިންވާނެ ފުރުސަތުތަކެއް އަދި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުން ފަސޭހަކަމާއެކު ފިލްމު އަޅުވައި، އޮލިމްޕަސް ވެސް ރަނގަޅު ވެގެންދިއުން. އަޅުގަނޑު ވެސް އުންމީދުކުރަނީ ފިލްމީ ފަންނާނުންނަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން ވެސް ވަރަށް ހާއްސަކަމެއް ދީގެން އޮލިމްޕަސް ރަނގަޅުވެގެން ގޮސް، ފަންނާނުންނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް.

~ ވަލީދާ ވިދާޅުވިއެވެ.

މިއަހަރުގެ އެވޯޑްސް ގައި ވާދަކުރަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކެވެ. އެއީ "މަލިކާ، "ވިޝްކާ"، "އިލް ނޮއިސް"، "ބޮސް"، "ނޯޓީ ފޯޓީ"، "ހައްދު"، "މީ ލޯތްބަކީ"، "ނޭދެން ވަކިވާކަށް"، "ދެވަންސޫރަ"، "ރޭވުމުން"، "ތިޔަ ލޯތްބާ ދުރަށް" އަދި ކުރު ފިލްމު "ކަނޑު އިބިލީސް" އެވެ.

ނުވަވަނަ ފިލްމު އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ ބައިސްކޯފުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް