ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 14:56
ހިޕްސްޓާ ޕޮމޭޑްގެ ބްރޭންޑް އެމްބެސެޑަރަކަށް ފާޒިލް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހިޕްސްޓާ ޕޮމޭޑްގެ ބްރޭންޑް އެމްބެސެޑަރަކަށް ފާޒިލް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ހިޕްސްޓާ ޕޮމޭޑް
ހިޕްސްޓާ ޕޮމޭޑް ލޯންޗުކޮށް ބްރޭންޑް އެމްބެސެޑަރަކަށް ފިޓް ފާޒިލް!
 
ހިޕްސްޓާ ޕޮމޭޑަކީ މެލޭޝިއާގެ ނަމްބަރ ވަން ސްޓައިލިން ޕްރޮޑަކްޓެއް
 
އެ ބްރޭންޑް އަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގެ މާކެޓަށް އަންނާނެ

ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކޮށް ވިއްކުމަށް ހަމަޖެހިފައިވާ ހެއަރ ޕްރޮޑަކްޓެއް ކަމަށްވާ ހިޕްސްޓާ ޕޮމޭޑް ލޯންޗުކޮށް، ބްރޭންޑް އެންބެސެޑަރަކަށް މަޝްހޫރު މޮޑެލް ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ހަމަޖައްސައިފިއެވެ.

ހިޕްސްޓާ ޕޮމޭޑްގެ ބްރޭންޑް އެންބެސެޑަރަކަށް ފާޒިލް ހަމަޖެއްސިއިރު އެ ބްރޭންޑްގެ އޮފިޝަލް ފޮޓޯގްރަފަރަކަށް ހަމަޖެއްސީ އެލީޒް އެވެ.

ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބްރޭންޑް އެންބެސެޑަރ ފާޒިލް އާއި ފޮޓޯގްރާފަރ އެލީޒް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެ ބްރޭންޑް ހޮނިހިރު ދުވަހު ލޯންޗުކޮށްފައިވާއިރު އަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގެ މަރކެޓުން ގަންނަން ލިބޭނެއެވެ.

އެ ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހިޕްސްޓާ ޕޮމޭޑްގެ ސޭލްސް މެނޭޖަރ އަބްދުﷲ މުހުލިސް ވިދާޅުވީ، ދިވެހި ރާއްޖެއަށް އެފަދަ ހެއަރ ޕްރޮޑަކްޓެއް ތައާރްފްކުރީ ރާއްޖޭގެ ޒުވާނުންނަކީ މުޅި ދުނިޔެއަށް ބެލިކަމުގައި ވިޔަސް ސްޓައިލިޝްގެ ގޮތުން ނަމްބަރ ވަން ޒުވާނުން އުޅޭ ތަނަށް ކަމަށްވާތީ އެ ސްޓައިލިޝް ޒުވާނުންނަށް ސްޓައިލިޝް ހެއަރ ޕްރޮޑަކްޓެއް ގެންނަނެސްދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ފާހަގަކޮށްލަން ބޭނުންވާ ކަމެއް ހަމަ އެބަ އުޅޭ ހެއަރ ޕްރޮޑަކްޓްކްސް ތަކުގެ ތެރޭގައި އެބަ އުޅޭ ހެއަރ ޓްރީޓްމަންޓް ޕްރޮޑަކްޓްތަކަކާއި ހެއަރ ސްޓައިލިޝް ޕްރޮޑަކްޓްތަކެއް. އެކަމް ހިޕްސްޓާ ޕޮމޭޑަކީ އިސްތަށިގަނޑަށް ހެއަރ ޓްރީޓްމެންޓެއް ގޮތަށް ބޭނުންކުރާ ޕްރޮޑަކްޓެއް ނޫން. އެހެންވީމަ އިސްތަށިގަނޑު ރަނގަޅަށް ސްޓައިލިޝް ކޮށްލަން ބޭނުންވާ ކުދިން ފިނިބުރު ޖަހާލައި އޮފީސްތަކަށް ދާއިރު އިސްތަށިގަނޑު އެ ހުންނަންޖެހޭ ގޮތަށް ހުންނަށް ބާރު އަޅަން ވެގެން އަސްލު ހިޕްސްޓާ ޕްމޭޑް ރާއްޖެއަށް ތައާރަފްކުރީ
މުހުލިސް ވިދާޅުވިއެވެ.

އިތުރަށް މުހިލިސް ވިދާޅުވީ، އެ ބްރޭންޑްގެ ބްރޭންޑް އެންބެސެޑަރަކަށް ފާޒިލް ހަމަޖެހިގެން ދިޔުމުން ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށާއި ފާޒިލްގެ ސަބަބުން ދިވެހި ޒުވާނުންގެ މެދުގައި އެ ޕްރޮޑަކްޓް ވައިގަ ހިފާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހިޕްސްޓާ ޕޮމޭޑް މަރކެޓް ކުރާ އާޓްލެބްގެ މާކެޓިން މެނޭޖަރ ވިދާޅުވީ، ހިޕްސްޓާ ޕޮމޭޑަކީ އިސްތަށިގަނޑަށް ހާއްސަކޮށް ހުންނަ ސްޓައިލިން ޕްރޮޑަކްޓެއް ކަމަށާއި އެ ޕްރޮޑަކްޓަކީ ހަލާލު ސެޓެފިކެޓާއި އެއްކޮށް އެތެރެ ކުރެވިފައިވާ ޕްރޮޑަކްޓެއް ކަމަށެވެ. އޭގެ އިތުރުން މެލޭޝިއާގެ ހެލްތް މިނިސްޓްރީން ވެސް ފާސްކުރެވިގެން ދޫކުރެވިފައިވާ ސެޓްފިކެޓަކާއެކު ނެރެވިފައިވާ ޕްރޮޑަކްޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޕްސްޓާ ޕޮމޭޑް އަކީ މެލޭޝިއާގެ ނަމްބަރ ވަން ސްޓައިލިން ޕްރޮޑަކްޓެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
40%
0%
0%
60%
0%
ކޮމެންޓް
2 ނޮވެންބަރ 2019 | ހޮނިހިރު 15:44
ކުޑޫ
ޕްރޮޑަކްޓްގެ ފޮޓޯގަނޑެއް ހާ ހިސާބުވެސް ނެތް ޖަ ހާލާފަ :(