ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 08:28
ބީއެމްއެލްގެ ސީއޯއޯ މުހައްމަދު ޝަރީފް
ބީއެމްއެލްގެ ސީއޯއޯ މުހައްމަދު ޝަރީފް
ޝުއައިބް މުހައްމަދު އިގްބާލް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ ސީއޯއޯއަކަށް މުހައްމަދު ޝަރީފް
 
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ދޮގު މައުލޫމާތު ދެއްވިކަމުގެ ތަހުގީގެއް ކުރިއަށް ގެންގޮސްފައިވޭ
 
ކުރިން ވެސް ބޭންކްގެ އިސް މަގާމުތަކެއް ފުރުއްވާފައިވޭ

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.

ޝަރީފަކީ 1995 ވަނަ އަހަރު ބޭންކާ ގުޅުގު ފަހުން، ބީއެމްއެލްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ރީޓެއިލް ބޭންކިންގގެ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރ އޮފް އޮޕަރޭޝަންސްގެ އިތުރުން ޑެޕިއުޓީ ސީއީއޯގެ މަގާމުގެ ވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން ތައުލީމް ހާސިލްކުރެއްވި ޝަރީފް އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ފުލުހުން ތަހުގީގު ވެސް ކޮށްފައިވެއެވެ. ބީއެމްއެލްއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ބޭންކުން ކޮމިޓީގައި ހިއްސާކޮށްފައިވާނީ ސައްހަ މައުލޫމާތު ކަމަށެވެ.

Advertisement
0%
26%
0%
63%
5%
5%
ކޮމެންޓް
2 ނޮވެންބަރ 2019 | ހޮނިހިރު 13:12
ނުހާ
ބޭންކުގައި ނެތޭ ތިނޫނީ ކަމަށް ގާބިލް ދިވެއްސަކު. އައްޑޫ އާދައިގެ އާއިލާ އަކުން އައިސް ހުރި މީހެއް ސަރީފަކީ. ކިޔަވައިގެން ހުރި އޭނާ ކުރަނީ ކީއްކަން އަމިއްލައަށް އެނގޭ މީހެއް. ދެންތިބި ގިނަ މީހުންނަކީ މުއްސަދި ނަސަބުހުރި އާއިލާއަކުން އަޔަތީވެ، އެއް މަގާމެއްގައި 30 އަހަރު ބައިތިއްބާފަ ތިބި މީހުން. މީ ހަގީގަތަކީ