ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 16:45
ޕްރިޔަންކާ އާއި ރަންވީރު
ޕްރިޔަންކާ އާއި ރަންވީރު
ގޫގުލް
ރަންވީރް-ޕްރިޔަންކާ
"ބައިޖޫ ބަވްރާ" ގެ ލީޑަށް ރަންވީރާއި ޕްރިޔަންކާ؟
 
އެ ދެ ފަންނާނުން ވަނީ ކުރިން އެކުގައި މަސައްކަތްކޮށްފައި
 
ީމީޑިއާތަކުގައި އެ ވާހަކަ ފެތުރުނު ނަމަވެސް އެ ދެ ފަންނާނުން ވަކި އެއްޗެއް ނުބުނޭ

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2021 ވަނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ބައިޖޫ ބަވްރާ" ގެ ލީޑު ރޯލަށް ޕްރިޔަންކާ ޗޯޕްޅާ އަދި ރަންވީރް ސިންގް ހަމަޖައްސާފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

އެހެން ނަމަވެސް އެ ދެ ފަންނާނުންނާއި ޑައިރެކްޓަރު ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބޮލީވުޑްގެ ބައެއް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި އެ ފިލްމުގެ ލީޑަށް ރަންވީރާއި ޕްރިޔަންކާ ހަމަޖެއްސި ކަމަށް އަޑުފެތުރިފައިވީ ނަމަވެސް ކުރިން އެ ފިލްމުގެ ލީޑަށް ހަމަޖައްސާފައިވަނީ އަޖޭ ދޭވްގަން އާއި ޕްރިޔަންކާ އެވެ. އެކަމަކު އަޖޭ ވަނީ ބަންސާލީގެ "ގަންގްބާއީ" ކުޅެން ސޮއިކޮށް "ބައިޖޫ ބަވްރާ" ނުކުޅޭނެ ކަމަށް އިއުލާންކޮށްފައެވެ.

މިޑިއާތަކަށް ފިލްމުގެ މާގިނަ ތަފްސީލްތަކެއް އަދި ހިއްސާކޮށްފައި ނުވާއިރު ބަންސާލީ ބުނިހައިވެސް އެއްޗަކީ "ބައިޖޫ ބަވްރާ" ރިލީޒްކުރާނީ 2021 ވަނަ އަހަރުގެ ދިވާލީގައި ކަމަށެވެ.

ޕްރިޔަންކާ އާއި ރަންވީރް މީގެ ކުރިން އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. "ގުންޑޭ" އާއި "ބަޖިރާއޯ މަސްތާނީ" ފަދަ ފލްމު ތަކަކީ އެ ދެ ފަންނާނުން އެކުގައި ފެނި ގިނަ ބަޔަކަށް ކަމުދިޔަ ފިލްމުތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް