ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 05:11
ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން
ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝަލް ސާރވިސް ކޮމިޝަން
ޖުޑީޝަލް ކައުންސިލްގެ ނިންމުމާއެކު ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހުރަސް އެޅޭނެ: ޖޭއެސްސީ
 
ހުކުރު ދުވަހުގެ ރޭ ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފައި

ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ހުކުރު ދުވަހުގެ ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށް ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވަނީ ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލު ނުކުރުމަށް ނުވަތަ އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް ނުވަތަ ބަލައި ނުގަތުމަށް ހުކުރު ދުވަހުގެ ރޭ ބާއްވާ ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށެވެ.

ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތާއި އަދި ގެންނަމުންދާ ބަދަލުތަކާއި، އެ ބަދަލުތައް ބަލައި ނުގަތުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އަމަލުކުރަމުން ދާ ގޮތާއި، އަދި ކޮމިޝަނާ ހަވާލުވެފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް ދެވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެއްބާރުލުން ލިބެމުންދާ މައްސަލަ ފާހަގަ ކުރައްވާ ކޮމިޝަންގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށް ޖޭއެއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ސުޕްރީމް ކޯޓުން ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަށް އުސޫލެއްގެ ގޮތުން ބަލައި ނުގަތުމަށް އިދާރީ ގޮތުން ފިޔަވަޅުތަކެއް އަޅުއްވާފައިވާ ދަނޑިވަޅެއްގައި، ދިގު ހަފުތާ ބަންދަކާ ކުރިމަތިލައި ބަންދުގެ ދުވަސްތައް ފަށާފައިވަނިކޮށް ކުއްލި ގޮތަކަށް ހުކުރު ދުވަހުގެ ރޭގަނޑު ސުޕްރީމް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމައި އެގޮތަށް އެކަން ކުރުމަށް ހަމަޖެއްސުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވި ކަމަށެވެ.

ޖޭއެއެސްސީގެ ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހު ބާއްވާފައިވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެއްސުމާއި، އެ ބައްދަލުވުމުގައި ޖުޑީޝަލް ސާރިވސް ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް އަމަލު ނުކުރުމަށް ނުވަތަ އެ އިސްލާހުގެ ބާރުކެނޑޭ ގޮތަށް ބަލައި ނުގަތުމަށް ނިންމަން ކަނޑައަޅާފައިވާކަމުގެ މައުލޫމާތު ލިބިގެން، ކޮމިޝަންގެ މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަމާމެދު މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް