ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 22:43
ވިކްޓްރީ ސްޕޯޓްސް ކްލަބް
ވިކްޓްރީ ސްޕޯޓްސް ކްލަބް
ޕީއެސްއެމް
ވިކްޓްރީ
ވިކްޓްރީ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފި
 
ވިކްޓްރީ އަށް މީގެ ކުރިން ވެސް ވަނީ އިންޒާރު ދީފައި

މެޗަށް ހާޒިރުނުވާތީ ވިކްޓްރީ ސަސްޕެންޑް ކުރާނެ ކަމުގެ ފަހު އިންޒާރު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދީފިއެވެ.

އެފްއޭއެމް އިން ވިކްޓްރީ އަށް އިންޒާރު ދިފައިވަނީ އެ ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އާއި ކޯޗުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކުޅުންތެރިންނާ ކޯޗުން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ އާއި، ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ އެ މައްސަލަތައް ބެލުމަށްފަހު އެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީ ބައްދަލުވުމެއްގައި މި މައްސަލަ ބެލުމަށްފަހު، މި މަހުގެ 15 ގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް އެ ކްލަބަށް އަންގާ ކަމަށެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 13 ވަނަ މާއްދާގެ (1) (a) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގެ (3) އަދި 37 ވަނަ މާއްދާގެ (1) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގަވާއިދުގެ 14 ވަނަ މާއްދާގެ (1) އިން އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރެއިން ވިކްޓަރީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރެވޭނެ ވާހަކަ ދަންނަވާ ކަމަށެވެ.

މީގެ އިތުރަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލޭ މެޗުތަކަށް ހާޒިރުނުވެ، އެކަން ތަކުރާރުކޮށްފައިވާތީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (އ) ގެ ދަށުން "ޓްރާންސްފާ ހުއްޓުވުމަށް" ނިންމާފައިވާ ކަމަށެވެ. އަދި ލީގުގައި ދެން ވިކްޓަރީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗަށް ހާޒިރުނުވެއްޖެނަމަ، ޑިސިޕްލިނަރީ ކޯޑުގެ 9 ވަނަ މާއްދާގެ (ބ) ގެ ދަށުން ލީގުން ވިކްޓަރީ ވަކިކުރާނެ ކަމަށްވެސް ވަނީ އިންޒާރު ދީފައެވެ.

ވިކްޓްރީގެ ޗެއާމަން ކްލަބްގެ ހާލަތާއި ބެހޭ ގޮތުން ބުނެފައިވަނީ ކްލަބްގެ މާލީ ހާލަތު ދަށްވުމާއި ގުޅިގެން ކުޅުންތެރިންނަށް މުސާރަ ނުދެވިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް