ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 00:22
ޕޮއިޒްއިން ލަންޑަންގެ ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭ ރާއްޖެއަށް ތައާރަފުކުރުން
ޕޮއިޒްއިން ލަންޑަންގެ ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭ ރާއްޖެއަށް ތައާރަފުކުރުން
ޙުސައިން މަޚްތޫމް
ޕޮއިޒް
ފިރިހެނުންނަށް ހާއްސަ ރިގްސް ބޮޑީ ސްޕްރޭ ޕޮއިޒްއިން ތައާރަފުކޮށްފި
 
ގޭސްގެ 7 ވައްތަރަކާއި ގޭސް ނުހުންނަ 7 ވައްތަރު ނެރިފައިވޭ
 
ރިގްސް ބޮޑީ ސްޕްރޭގެ 14 ވައްތަރެއްގެ ފްލޭވާ ވަނީ ތައާރަފުކޮށްފަ

ފުޅާ ދާއިރާއެއްގައި ސެންޓާއި ރީތިވާ ސާމާނު ވިއްކާ ޕޮއިޒްއިން ލަންޑަންގެ ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭ ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މަޖީދީމަގުގައި ހުންނަ ޕޮއިޒް ފިހާރައިގެ ބޭއްވި ހަފްލާއެއްގައި ރިގްސް ބޮޑީ ސްޕްރޭގެ 14 ވައްތަރެއް ވަނީ ތައާރަފުކޮށްފައެވެ. ޕޮއިޒުން ބުނީ މިއީ ލަންޑަންގެ އަދި ޔޫރަޕްގައި މިހާރު ހިނގާ އެންމެ މަޝްހޫރު ފިރިހެނުންނަށް ހާއްސަ އުފެއްދުމެއް ކަމަށެވެ.

ޕޮއިޒްގެ މެނޭޖިންގް ޑިރެކްޓަރ އިލްޔާސް މުހައްމަދު ވިދާޅުވީ، ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭ އަކީ ލަންޑަންގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ވިކޭ އުފެއްދުމެއް ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ރިގްސް ބްރޭންޑުގެ 250 އެމްއެލްގެ ބޮޑީސްޕްރޭ ފުޅި ކަމަށާއި، އެއީ ގޭސްގެ 7 ވައްތަރަކާއި ގޭސް ނުހުންނަ 7 ވައްތަރު ކަމަށެވެ. އޭނާ ވިދާޅުވީ ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭ ފުޅިއެއް ކޮންސިއުމަރުންނަށް ވިއްކަނީ 40 ރުފިޔާއަށް ކަމަށެވެ.

މިއީ ލަންޑަންގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ޕޮއިޒްއިން ރާއްޖެއަށް ނެރުނު ދެވަނަ ބްރޭންޑެވެ. މީގެ ކުރިން ވެސް ޕޮއިޒްއިން ވަނީ ލަންޑަންގެ ކޮންފިޓީ ވެސް ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. މިއީ އަންހެނުންނަށް ހާއްސަ ބްރޭންޑެކެވެ.

މީގެ އިތުރުން ވެސް ހޮޓް އައިސް، ހޮޓް އައިސް ސްޕޯޓްސް، ފޮގް ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ބްރޭންޑުތަކުގެ ބޮޑީ ސްޕްރޭއާއި ސެންޓު ޕޮއިޒުން ވަނީ ބާޒާރަށް ނެރެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް