ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ލުއި ޚަބަރު - ފިލްމީތަރި އަޒޫ

އަޒޫ އެނބުރި އަންނަނީ "ހާސާ" އިން!

  • އަޒޫ ފެންނަން އުޅޭ "ހާސާ" ޑައިރެކްޓްކުރަނީ މަނިކު
  • އަޒޫ އަދި ސައީދަށް ލިބުނީ އަންހެން ކުއްޖެއް

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 1 ނޮވެންބަރު 2019 | ހުކުރު 07:36 45,344

ފިލްމީތަރި އަޒޫ - ފޭސްބުކް

ގިނަ ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދި ފާތިމަތު އާޒިފާ (އަޒޫ) ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ހިސާބުން ފެށިގެން ފިލްމީ ދާއިރާއިން ގެއްލުނީއެވެ. ފިލްމު ކުޅުން ހުއްޓާލީ ކަމަށް ބުނެ ގިނަ ބަޔަކު ސުވާލު ކުރަން ވެސް ފެށިއެވެ.

އެހެން ނަމަވެސް އަޒޫ މިވަނީ އޭނަގެ ފޭނުންނަށް ޖަވާބު ދީފައެވެ. އަޒޫ ބުނަނީ ފިލްމު ކުޅުން ހުއްޓާނުލާނެ ކަމަށެވެ. އަންނަ އަހަރު އަނެއްކާވެސް ސިނަމާތަކުން ފެންނާނެ ކަމުގެ އުފާވެރި ހަބަރު އަޒޫ މިވަނީ ދީފައެވެ.

އަޒޫގެ ފޭނަކަށް ޖަވާބުދީފަ

ދެން އެންމެ އަވަހަށް އަޒޫ ފެންނާނީ ބައިސްކޯފުގެ ޑްރާމާ ސީރީޒް އެއް ކަމަށްވާ "ހާސާ" އިންނެވެ. އެއީ ފިލްމީތަރި މުހައްމަދު މަނިކުގެ ޑައިރެކްޝަނެކެވެ.

އަޒޫގެ ސޯޝަލް މީޑިއާގައި ސުވާލުކުރުމަށް ހުޅުވާލަމުން ގިނަ ބަޔަކު ވަނީ އެންމެ އަވަހަށް ފިލްމަކުން ފެންނާނީ ކޮން އިރަކުންތޯ ކަމަށްބުނެ ސުވާލު އުފައްދާފައެވެ. އޭނާ ބުނަނީ އަންނަ އަހަރު "ހާސާ" އިން އަނެއްކާވެސް އެނބުރި އަންނާނެ ކަމަށެވެ. އެ ޑްރާމާގައި އޭނާ ފެންނާނީ ލީޑު ރޯލުން ކަމަށް އޭނާ ބުންޏެވެ.

"ބޮސް" އާއި "ސަޒާ" ފަދަ ފިލްމުތަގައި މުހިއްމު ރޯލުތަކެއް ކުޅުނު އަޒޫ އެންމެ ފަހުން ފެނުނީ މިއަހަރު ރިލީޒްކުރި ކޮމެޑީ ބިރުވެރި ފިލްމު "ފޯޓީ ޕްލަސް" އިންނެވެ. އެ ފިލްމަކީ އޭނާ ބަލިވެ އިނުމުގެ ކުރިން ޝޫޓް ކުރި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

އަޒޫގެ ފޭނަކަށް ޖަވާބުދީފަ

ފިލްމީ ތަރި އަހުމަދު ސައީދުއާ ކައިވެނި ކޮށްގެން އުޅޭ އަޒޫ ވިހެއީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސައީދު އަދި އަޒޫއަށް އަންހެން ކުއްޖެއް ލިބުނުއިރު އަޒޫފިލްމީ މަސައްކަތްތައް ފެށީ ވިހޭތާ ދެތިން މަސް ފަހުން ކަމަށް އޭނާ ބުންޏެވެ.

އަޒޫ ވަނީ ގިނަ ޑްރާމާ ތަކެއްގެ އިތުރުން ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން ގިނަ ފިލްމުތަކެއްގެ މުހިއްމު ރޯލުތައް ކުޅުނުއިރު އޭނާގެ "ނޯޓީ ފޯޓީ"، "ދެވަން ސޫރަ"، ރާނީ" އަދި "އާދޭސް" ފަދަ ފިލްމުތަކަކީ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް