ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 18:17
ކެޕިޓަލް މަރކެޓް ފޯރަމްގެ ތެރެއިން
ކެޕިޓަލް މަރކެޓް ފޯރަމްގެ ތެރެއިން
ސިމާހާ ނަސީމް
ކެޕިޓަލް މަރކެޓް ފޯރަމް
ކެޕިޓަލް މަރކެޓް ފޯރަމް ފުރަތަމަ ފަހަރަށް ބާއްވައިފި
 
ކުރިއަތް އޮތް އަހަރުތަކުގައި ވެސް މި ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސީއެމްޑީއޭ އިން ބުނި
 
މި ފޯރަމްގެ ޝަރަފުވެރި މެހެމާނަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
 
މި ފޯރަމަކީ އެއްދުވަހުގެ ފޯރަމެއް

ކެޕިޓަލް މާރކެޓް ފޯރަމް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފިއެވެ.

މި ފޯރަމް ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:15 ގައި ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގެ ޝަރަފުވެރި މެހެމާނަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކެޕިޓަލް މަރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ (ސީއެމްޑީއޭ) ގެ ޑެޕިއުޓީ މެނެޖަރ އަނިލް އާދަމް ވިދާޅުވީ މި ފޯރަމްގެ ތެރެއިން ވަރަށް ކާމިޔާބު މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި މި ފޯރަމުން ލިބުނު މަޢުލޫމާތުގެ މައްޗަށް ކަރުދާހެއް އެކުލެވި، އިސްތިރާޖީ ގޮތެއްގައި މި ދާއިރާ ކުރިއަރުވަން ކުރެވޭނެ ކަންތައް ކުރާނެ ކަމަށެވެ. އަދި ކެޕިޓަލް މާރކެޓް ކުރިއަރައި ދިޔުމަކީ ރާއްޖޭގައި ހުރި ގިނަ އިޖްތިމާއީ އަދި އިޤްތިސާދީ ހައްލަކަށްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެޕިޓަލް މާރކެޓް ފޯރަމް 2019 އަކީ، ކެޕިޓަލް މަރކެޓަށް ހާއްސަކުރެވިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފޯރަމެވެ. މި ފޯރަމްގެ ޒަރިއްޔާއިން ކެޕިޓަލް މަރކެޓް ކުރިއެރުވުމަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އާންމުންގެ ތެރޭގައި ކެޕިޓަލް މަރކެޓަށް އިންވެސްޓްކުރުމަށް އިތުރަށް ހޭލުންތެރިކުރުވުމުގެ މަގުފަހި ވެގެން ދާނެ ކަމަށް މި ފޯރަމް އިންތިޒާމް ކުރާ ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ގަބޫލުކުރެއެވެ. މި ފަހަރުގެ ފޯރަމްގެ ޝިއާރަކީ، "އިޖްތިމާއީ ހަމަޖެހުމަށް ކެޕިޓަލް މަރކެޓް" އެވެ.

މި ފޯރަމްގައި ސަރުކާރު އެކި ކުންފުނިތަކުގެ އިސްވެރިންނާއި އެކި އަމިއްލަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

ސީއެމްޑީއޭގެ ފަރާތުން ބުނީ ކުރިއަތް އޮތް އަހަރުތަކުގައި ވެސް މި ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް